ބޮލިވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ އާ ފިލްމު "ބްލައިންޑް" ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކައިލައިފިއެވެ.
ސިނަމާ ތަކުގެ ބަދަލުގައި ފިލްްމް ބެލުންތެރިންނަށް ގެނެސްދޭނީ ޖިއޯ ސިނެމާ އިންނެވެ. މި ފިލްމް އަކީ މީގެ ދެއަހަރެއްހައި ދުވަސް ކުރިން ޝޫޓިން ނިނަމައިފައި އޮތް ފިލްމްއެކެވެ. ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ ފިލްމް ނެރުން ވަނީ ލަސްވެގެން ގޮސްފައިއެވެ.
މި ފިލްމަކީ 2021 ގައި ސްކޮޓްލޭންޑްގައި ޝޫޓްކޮށްފައިވާ އެއްޗެކެވެ. "ބްލައިންޑް" އަކީ ހަމަ އެ ނަމުގައި 2011 ގައި ގެނެސްދިން ކޮރެއާގެ ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.
"ކަހާނީ" އާއި "ބަދުލާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝް އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ހެދި ފިލްމު ޑައިރެކްޓްކުރީ ޝޯމް މަކީޖާ އެވެ.
"ބްލައިންޑް" ގެ ކާސްޓްގައި ޕޫރަބް ކޯލީ، ވިނޭ ޕަތަކް އަދި ލިލީތާ ޑޫބޭ ވެސް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ