ނަފްރަތު އުފައްދާ ވާހަކަތައް ފެތުރުން ހުއްޓުވުމަށް ޓުވިޓަރއިން އަމަލް ކުރަމުންދާ ސިޔާސަތުގެ ތެރޭގައި، "ނިސްބަތްވާ ގައުމަށް، ދަރިފަސްކޮޅަށް ނުވަތަ ސިފައަށް ނިސްބަތްކޮށް ތަފާތު ކުރުމުގެ ގޮތުން ދައްކާވާހަކަތައް،" ހިމަނާ، ފިތުނަވެރިކަން އުފެއްދުން ހުއްޓުވުމަށް ޓުވިޓަރއިން ކުރާ މަސައްކަތްތައް އިތުރަށް ހަރުކަށި ކޮށްފިއެވެ.
ޓުވިޓަރއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހަމަ ނުޖެހުން އުފެއްދުމަށް ޓުވިޓަރގައި ދައްކަމުންދާ ވާހަކަތައް ފާހަގަކޮށް އޮޓޮމޭޓެޑް ސިސްޓަމުންވެސް އެފަދަ ވާހަކަތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ދާނެ" ކަމަށެވެ.
ދީނީގޮތުން ތަފާތު ކުރާ ކުރުންތަކާ، އަދި ގަބޫލުކުރާ މިނޫނަސް ތަފާތު އަގީދާއެއްގެ ސަބަބުން ކުރެވޭ ތަފާތުކުރުންތައް ހުއްޓުވުމުގެ ގޮތުން، މިފަދަ ވާހަކަތައްވެސް، ޓުވިޓާރއިން މަނާކުރާ ވާހަކަތަކުގެ ތެރޭގައި ފާއިތުވެދިޔަ އަހަރުވަނީ ހިމަނާފައެވެ. އަދި މިއަހަރުގެ މާރޗް މަހުގައި، ޓުވިޓަރއިން ވަނީ އުމުރު ފުރައާއި، ނުކުޅެދުންތެރިކަމާ އަދި ވަކިޚާއްސަ ބައްޔެއްހުރުންވެސް ޓުވިޓާރއިން ހިމާޔަތްކުރާ ގިންތިތަކުގެ ތެރޭގައި ހިމަނާފައެވެ.
Our rules continually evolve to help keep people safe. Today, we’re expanding our hateful conduct policy to address language that dehumanizes people on the basis of race, ethnicity, or national origin.
— Twitter Safety (@TwitterSafety) December 2, 2020
ތަފާތު ކުރުންތަކާ، އަދި ނަފްތަރު އުފެއްދުމަށް އޮންލައިންކޮށް ކުރެވެމުންދާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލާ މަދަނީ ޖަމްއިއްޔާއެއް ކަމުގައިވާ "ސިވިލްރައިޓްސް ގްރޫޕް އޮފް ކަލާސް"ގެ ފަރާތުން ވަނީ، ޓުވިޓާއިން މިގެނައި ބަދަލުތަކަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. މި ކުންފުނިންވަނީ، އެތައް އަހަރެއްވަންދެން، ބޮޑެތި ކުންފުނިތަކަށް މިބަދަލުތައް ގެނައުމަށް ޕްރެޝަރ ކުރުވާފައެވެ.
ޓުވިޓަރގެ ތަރުޖަމާނު ބުނެފައިވަނީ، ފެށުނީއްސުފެ އެ ޕްލެޓްފޯމުން އަންނަނީ، ނަފްރަތު އުފެއްދުން ހުއްޓުވަމަށްޓަކާ، ތަފާތު ގިންތިތައް މިކެޓަގަރީގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، އެހެންނަމަވެސް، މިއުސޫލުތައް ތައާރަފް ކޮށްފައިވަނީ، މިއުސޫލުތައް ތަންފީޒު ކުރެވޭނެ މިންވަރުތައް ދިރާސާކުރުމަށް ފަހު، މަޑުމަޑުންް ތަރައްގީ ކުރަމުންނެވެ.
ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކުން، ހަމަނުޖެހުމަށް މަގުފަހި ކުރުވާ ވާހަތަކާއި އަދި އުފައްދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް، އެމެރިކާގައި ނޮވްމެބަރ މަހު ބޭއްވުނު އިންތިޚާބުގެ ކުރިން ޓުވިޓަރއިން، ނަފްރަތު އުފެއްދުމާ ދެކޮޅަށް އެ ޕްލެޓްފޯމުން ގެންގުޅޭ ސިޔާސަތު މުރާޖައާ ކޮށްފައި ނުވާތީ، "ކަލަރ އޮފް ޗޭންޖް"ގެ ނާއިބު ރައީސް އަރީޝާ ހެޗް ވަނީ، އެ ޖަމްއިއްޔާއިން ނެރުއްވި ބަޔާނެއްގައި ޓުވިޓާރއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ހެޗް އިތުރަށް ވިދާޅުވެފައިވަނީ، އެ ޕްލެޓްފޯމުގެ ކޮންޓެންޓު ބަލަހައްޓާ މީހުން ތަމްރީކުރާ ގޮތްތަކާ، އަދި ކަޑައަޅާފއިވާ ސިޔާސަތުތަކާއި ފުށުއަރާ ކޮންޓެންޓް މަނާކުރުމުގައި އެ ޕްލެޓްފޯމުގެ އާޓިފިޝަން އިންޓެލިޖެންސަށް ލިބިގެންވާ ގާބިލްކަން ދެފުއްފެންނަ ގޮތަށް ހާމަކުރުމުގައި ޓުވިޓާރއިން ވަނީ ނާކާމިޔާބު ވެފައެވެ.