ގޯތި ދިނުމާއި ދެކޮޅު ހެދުމަކީ މާހައިބަތު ބޮޑުވެ، މަޝްހޫރުވާނެ ކަމެއްނޫން: މޫސަ

ގޯތި ދިނުމާއި ދެކޮޅު ހެދުމަކީ މާހައިބަތު ބޮޑުވެ، މަޝްހޫރުވާނެ ކަމެއްނޫން: މޫސަ

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2023 03:00
0

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅު ހަދާ މީހުން ދައްކާ ވާހަތަކާއި ފަތުރާ ވާހަކަތަކަކީ އެވާހަކަ ދައްކައިގެން މާ ހައިބަތު ބޮޑުވާނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ޢާންމުކުރި ލިސްޓަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މޫސަ ވިދާޅުވީ ސަރުކާރަށް އެއްޗިހި ކިޔައިގެން މަޝްހޫރުވާ މީހުންނަށްސް މިކަމަށް އެއްޗެހި ކިޔައިގެން ކުރިމަގެއް ނުލިބޭނެކަމަށެވެ.

ނަމުން ސިޔާސީ ވާންވެގެން އުޅޭ ބައެއްމީހުން ސަރުކާރަށް އެއްޗެތިގޮވައިގެން މަޝްހޫރުވާންވީ! އެކަމަކު މާލޭ މީހުނަށްލިބޭ ބިންކޮޅާ، ބޯހިޔާވަހިކަމާ ދެކޮޅުވެގަތީމަ އެއީ ސިޔާސީ ގޮތުން މާހައިބަތު ބޮޑުވާނެ ކަމެއްނޫން.

– މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ ފުރަތަމަ ގޯތި ދިން އިރުވެސް ގޯތި ދިނީ ފަޅުން ކަމަށެވެ. ފުރަތަމަ ކަނޑަޖެހީ ފަޅުގައި ކަމަށާއި، އޭގެ ފަހުން ހިއްކައިގެން ބިންދީފައިވާކަމަށެވެ.

މާލޭ ރައްޔަތުންނަށް ސަރުކާރުން ގޯތި ދޭވާހަކަބުނުމުން އެކަމާ ހަޖޫޖަހާ ކަނޑުއަޑީގެ ފޮޓޯތައް ދައްކަމުންދާ މަދު ބަޔަކަށްނޭނގެނީ 60ގެ އަހަރުތަކުގަ މާލޭންގޯތި ދޭންފެށީ ފަޅުތެރޭގަ ދަނޑިއެއްޖަހަފަ ދެއްކިގޯތި ހިއްކައިގެންއެތަން ޖަވާހިރަށް ވެފައޮތްވާހަކަ ނޭނގި ތިބެތިކިޔަނީ.

– މޫސަ ވިދާޅުވިއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ 19857 އެބަ ތިއްބެވެ. އޭގެތެރެއިން 10314 މީހަކަށް ގޯތިލިބޭކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ އެހެން މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި، ގިރާވަރު ފަޅު ހިއްކައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުރޮޅި
މޫސަދައުލަތައްދައްކަންޖެހޭޭ އެތަކެއްް ސަތޭކަަ މިލިޔަންރުފިޔާް އަދިވެސްނުދައްކާާ އުޅޭކަމައްް ބުނޭޭ އެފައިސާތައްް ރައްޔިތުންނައްބޭނުންވާާ އެތަކެއްް ޕްރޮޖެކްޓަކައްް ފައިސާދެއްކޭނެޔޯޯ ގޭތެރޭގައޮވެގެންް އެފައިސާތައްް ދިވެހިރައްތުންނައްްދީީ ނިންމާފަަ މަގުމައްޗައްް ނުތިއްޔާާ މާތާހިރުވާނެޔޯޮ