ސައޫދީ ރަސްގެފާނުގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ލިބުނު މީހުންގެ ތެރޭގައި ހިމެނި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގު ހައްޖުގެ މަތިވެރިކަން އަދާކުރުމުން އެބަގެންދެއެވެ.
ސައޫދީ ރަސްގެފާނުގެ ހަރަދުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ރާއްޖެ އިން ހައްޖަށް މީހުން ގެންދެއެވެ. މި އަހަރު ވެސް 10 މީހަކަށް ސައޫދީ ސަރުކާރުން އެ ފުރުސަތު ދީފައިވާއިރު، މީހުން ކަނޑައަޅަނީ ރާއްޖޭގައި ހުންނަ ސައޫދީގެ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުންނެވެ.
ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރު ހައްޖަށް ދާ ދިވެހިންގެ ތެރޭގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހިމެނެއެވެ. އަޝްފާގު ޙައްޖުގެ މަތިވެރިކަމުގައި މައްކާގައި ހުރިއިރު، ޤައުމީ ޓީމުވަނީ ތާރީހުގައިވެސް ސާފް ޗެމްޕިއަންޝިޕްގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީ ލިބިފައެވެ. ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ މިމުބާރާތުންނެވެ.
އަޝްފާގަކީ ރާއްޖެއަށް އެންމެ ފުރަތަމަ ސާފްޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެންމެ މުހިންމު ދައުރު އަދާކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިމުބާރާތުގައި 23 ގޯލު ޖަހާފައެވެ. މިއަދަދަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީވެސް ވަނީ މިހާރު ގޯލު ޖަހާފައެވެ. އޭނާއަށް އަޝްފާގުގެ ރެކޯޑު މުގުރާލުމުގެ ފުރުސަތު މިމުބާރާތުގައިވެސް އެބަ އޮތެވެ.
1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ޙައްޖުވެރިން އަންނަމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދިވެހި ޙައްޖުވެރިން ގޮވައިގެން ރާއްޖެ އަންނަ އެންމެފަހު ފްލައިޓް އަންނާނީ ޖުލައި 14 ވަނަ ދުވަހުއެވެ. އެންމެފަހު ގްރޫޕެއްގެ ގޮތުގައި އެ ދުވަހު ރާއްޖެ އަންނާނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިދިޔަ ޙައްޖުވެރިންގެ ފަހު ގްރޫޕެވެ.
ކޮމެންޓު ފޮނުވާ