އަހަރު ތަކަކަށް ފަހު ބަތަލާ ސޯނަމް ކަޕޫރު އެނބުރި އައުން ފާހަގަ ކުރާ ފިލްްމް "ބްލައިންޑް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
އަންނަ މަހުގެ 7 ގައި ޖިއޯ ސިނަމާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމަކީ ކޮރެއާގެ 2011 ގެ "ބްލައިންޑް" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. ފިލްމް އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ.
މިފިލްމް އަކީ ވިހެއުމަށްފަހު ސޯނަމް ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ސޯނަމް އަށް އަލަތު ދަރިފުޅު ލިބިފައި ވަނީ މިދިއަ އަހަރުގައިއެވެ. 2018 ވަނަ އަހަރުގައި ވިޔަފާރީވެރިއާ އާނަންދު އަހޫޖާ އާއި ކައިވެނި ކުރިފަހުން ބޮލީވުޑްއާއި ވަރަށް ބޮޑަށް ފެޔަށް ޖެހިފައިވާ ސޯނަމް އެބުރި އައުން ފާހަގަ ކުރާ ފިލްމް "ބަލްއިންޑް" އަކީ 2011 ވަނަ އަހަރު ރިލީޒްކުރި ކޮރެއާގެ ފިލްމު "ބްލައިންޑް" ގެ އޮފިޝަލް ރީމޭކެކެވެ.
ހަމަ އެ ނަމުގައި 2011 ވަނަ އަހަރު ރިލީޒްކުރި ކޮރެއާ ފިލްމުގެ އޮފިޝަލް ރިމޭކެއް ކަމަށްވާ ބްލައިންޑް އަކީ ސީރިއަލް ކިލާއެއް ހޯދަން ބްލައިންޑް ޕޮލިސް އޮފީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝޯމް މަޚީޖާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕޫރަބް ކޯލީ، ވިނޭ ޕަޓަކް އަދި ލިލެޓް ދުބޭ ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ