ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ކިއާރާ އަދުވާނީ އާއި ކަރީނާ ކަޕޫރު އެކުގައި ފެނިގެންދާ ފިލްމް އެއްގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމްއަކީ އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށާއި މި ފިލްމު ޕްރޮޑިއުސްކުރަނީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ ފިލްމް އެއް ކަމަށް ވެއެވެ.
މި ފިލްމް އަދި ރަސްމިކޮން އިއުލާން ކޮށްފައިއެއް ނުވެއެވެ. ނަމަވެސް ފިލްމް އާއި ގުޅޭގޮތުން ދެތަރިންނާއި އެކުގައި މަޝްވަރާ ކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
އަޝްވިނީގެ އެންމެ ފަހުގެ ފިލްމަކީ ކަންގަނާ ރަނާވަތާ އެކީ 2020 ގެނެސްދިން "ޕަންގާ" އެވެ. އޭނަގެ އާ ފިލްމު ކަރީނާ އާއި ކިއާރާއާ އެކު ހަދަން ތައްޔާރީތައްވަމުން އަންނަ އިރު، ކަރީނާ އާއި ކިއާރާ އެކުގައި މީގެ ކުރިން ވަނީ އެކުގައި މަސައްކަތް ކޮށްފައިއެވެ.
މި ދެ ތަރިން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ގުޑް ނިއުސް" އެވެ. މި ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމް އެކެވެ.
ކޮމެންޓު ފޮނުވާ