މިފަހަރު ކުޅުދުއްފުށީ ގައި އީދާއި ދިމާކޮށް ހިނގާދިޔަ ހަރަކާތްތަކުގެ ތެރެއިން، ކައުންސިލުން ދުރާލާއި އިއުލާންކޮށް އެރުވި "ހަ ވާ" އަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ކުޅުއްފުށި ސިޓީ ކައުންސިލުން ވަނީ އެރަށުގައި ޢީދު ފާހަގަ ކުރުމަށް ޢީދު ދުވަހުގެރޭ " ހަ ވާ" އަރުވަން ހަމަޖެހިފައިވާކަމަށް ބުނެ އިއުލާންވެސް ކޮށްފައެވެ. މިއާއިއެކު ކުޅިވަރުތައް ބަލަން ޢާންމުކޮށް ނުނިކުންނަ އަދަދަކަށް މީހުން އެއްވެ އެވަގުތަށް އިންތިޒާރު ކުރިއެވެ. ރައްޔިތުންގެ އިންތިޒާރަށް އެރަށުގެ ރައްޔިތުން އެރުވި "ހަ ވާ" ވެސް އެހާ ތަފާތެވެ.
ކުޅިވަރާއި މަޖަލުގެ ތެރޭގައި އެރުވި "ހަ ވާ" އަކީ ސްޓޭންޑެއްގައި ހަ ވާގަނޑު އޭގައި ކުޑަ ލަކުޑި ކޮޅެއް އެލުވައި ކޮންމެ ލަކުޑި ކޮޅެއްގައި އެކަކުން 6 އަށް ނަންބަރު ޖެހުމަށްފަހު އެރުވު ހަވައެެކެވެ. މިއީ މިހާތަނަށް ރާއްޖޭގައިވެސް މިގޮތަށް ހަވާ އެރުވި ފުރަތަމަ ފަހަރެވެ.
މިކަމާއި ގުޅިގެން ކައުންސިލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ގިނަ ފަރާތްތަކުން ބުނަމުންދަނީ މިއީ ރައްޔިތުންނަށް ކައުންސިލުން ދިން ދޯކާއެއް ކަމަށެވެ. ކައުންސިލުން ބުނީ އީދަށް ކުޅިވަރު އިންތިޒާމްކުރާ ފަރާތްތަކުން "ހަވާ އެރުވުން" ކިޔާ ކުޅިވަރެއް ޝެޑިއުލަކުރަން އެދުމުން އެކަން ކައުންސިލުން ކޮށްދިން ކަމަށެވެ.
މިކަމާއި ގުޅިގެން އުފެދުނު ޚިޔާލް ތަފާތުވުންތަކާއި ގުޅިގެން އަނެއްކާވެސް ފެނުނީ ތަފާތު މަންޒަރެކެވެ. އެރަށުގައި ނެރުނު މާލީގެ ތެރޭގައިވަނީ ނޭރުވުނު ހަވައަށް ބޭނުންވާ ފަންޑު ހޯދަންވެސް މާއްޔެއް ނެރެފައެވެ.

ކުޅުދުއްފުށީ ޢީދު ހަރަކާތްތަކަކީ މިފަހުން އެންމެ ގިނަބައެއްގެ ސަމާލުކަން ހޯދަމުންދާ ހަރަކާތްތަކެވެ.
ކޮމެންޓު ފޮނުވާ