"ސަތިއަޕްރޭމް ކީ ކާތާ" ގައި "ޕަސޫރީ"ގެ ހިންދީ ވާޝަނެއް

"ސަތިއަޕްރޭމް ކީ ކާތާ" ގައި "ޕަސޫރީ"ގެ ހިންދީ ވާޝަނެއް

މި މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ތާވަލް ކޮށްފައިވާ ބެލުންތެރިން އިންތިޒާރަށް މިއަދު ނިމުން އަންނަ ފިލްމް "ސަތިއަޕްރޭމް ކީ ކާތާ" ގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ޕާކިސްތާންގެ ލަވަ "ޕަސޫރީ" ހިންދީ ވާޝަނެއް ވަނީ ހިމަނާފައިއެވެ.

މި ވަލައިގެ ވީޑިއޯ ބެލުންތެރިންނަށް ދޫކޮށްލައިފައިވާ އިރުގައި މި ލަވައިން ފެނިގެންދަނީ ފިލްމްގެ ލީޑުން ފެނިގެންދާ ދެތަރިން ލޯބިން އެކުގައި އުޅޭ ތަނެވެ. މި ދެމީހުންގެ ކެމިސްޓްރީ މިލަވައިންވެސް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

މި ފިލްމްގެ ލީޑުން ފެނިގެންދާނީ ކިއާރާ އަދުވާނީ އާއި ކާތިކް އާރިއާންއެވެ. މިއީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމްއެވެ. އެމީހުންގައި ފެނިގެންދިއަ "ބޫލްބުލައްޔާ 2″ އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ.

"ޕަސޫރީ ނޫ" ގެ ނަން ދީފައިވާ ލަވަ މި ލަވަ ކިޔާފައިި ވަނީ އަރިޖިތު ސިންގް އާއި ތުލްސީ ކުމާރެވެ. "ޕަސޫރީ" ގެ އޮރިޖިނަލް ލަވަ ކިޔާފައި ވަނީ އަލީ ސޭތީ އާއި ޝައީ ގިލް އެވެ.

އޮރިޖިނަލް ލަވައަކީ 2022 ވަނަ އަހަރުގައި  ގޫގުލް ސާޗު މެދުވެރިކޮށް  އެންމެ ގިނަ މީހުން ހޯދި ލަވައިގެ އެންމެ ކުރީގައި އޮތް ލަވައެވެ. ރީލްތަކުގައި މަޝްހޫރު 'ޕަސޫރީ' އަކީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަލީ ސެތީ ކިޔާފައިވާ ލަވައެކެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސަތިއަޕްރޭމް ކީ ކަތާ" މިއަދު ރިލީޒް ކުރާއިރުގައި މި ފިލްްމް އަކީ ނޭޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސް ޑައިރެކްޓްކޮށް މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ ޕްރޮޑިއުސްކުރާ ފިލްމް އަކީ މަސްހުނި އިހުސާސްތަކެއްގެ ފިލްމްއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *