ކެރިއަރުގައި މިިހާތަނަށް އެންމެ ގަޔާވެގެން ކުޅުނު ފިލްމަކީ "ސަތިއަޕްރޭމް ކީ ކަތާ" ކަމަށް ކާތިކް އާރިއަން ބުނެފި އެވެ.
މި ފިލްމް އަކީ މިއަދު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމްއެކެވެ. ފިލްމްގެ ލީޑުން ފެނިގެންދާނީ ކާތިކް އާއި އެކުގައި ކިއާރާ އަދުވާނީއެވެ. މި ދެތަރިން މެގެކުރިންވެސް ވަނީ އެކުގައި ފިލްމްއެއްގައި މަސައްކަތް ކޮށްފައިއެވެ.
ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެ، ބެލުންތެރިންގެ ލޯބި ހޯދާފައިވާ 32 އަހަރުގެ އެކްޓަރު ބުނީ "ސަތިއަޕްރޭމް" އަކީ އެ ފިލްމާ ދޭތެރޭ އަބަދު ވަރަށް ފަހުރުވެރިވާނެ ފިލްމް އެއް ކަމަށާއި އެއީ އަބަދުވެސް އޭނާ އަށް ވަރަށް ހާއްސަ ވާނެ ފިލްމްއެއް ކަމަށެވެ.
މި ފިލްމް އަކީ މީގެ ކުރިން ފިލްމްއެއްގެ މަސައްކަތުގައި ހިއްސާ ނުވާވަރަށް ހިއްސާވެގެން ވަރަށް ގިނަ ވަގުތުދީ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ކުޅުނު ފިލްމްއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
ނޭޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސް ޑައިރެކްޓްކޮށް މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ ޕްރޮޑިއުސްކުރާ ފިލްމް އަކީ މަސްހުނި އިހުސާސްތަކެއްގެ ފިލްމްއެކެވެ.
މިއީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މީގެ ކުރިން ދެތަރިން ވަނީ ފިލްމު "ބޫލް ބުލައްޔާ 2″ އިން ފެނިގެން ގޮސްފައެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްްމެކެވެ.