މިހާރު ބެލުންތެރިންގެ މެދުގައި މަގުބޫލު ކަން ހޯދަމުން އަންނަ ބަލަތާ ޝެހެނާޒް ގިލް (ސަނާ) އާއި އެކްޓަރު ނަވާޒުއްދީން ސިއްދީގީ އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
"ޔާރު ކާ ސަތާޔާ ހުއާ އޭ" ނަން ދީފައިވާ މި ލަވަ އަކީ އަންނަ މަހުގެ 3 ގައި އާންމުކުރަން ހަމަޖެހިފައިވާ ލަވައެކެވެ. މި ލަވަގެ ޕޯސްތަރު ތަކެއް އަންނަނީ މިހާރު އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
ބެލެވޭ ގޮތުގައި މީ ވަރަށް އަސަރުގަދަ ލޯބީގެ ލަވައެކެވެ. ލަވައިގެ މިއުޒިކް ހަދައި، އެ ކިޔާފައި ވަނީ ބީ ޕްރާކެވެ. އެހެން ކަމުން މި ދެތަރިންގެ ލަވަ އަށް އިންތިޒާރު ކޮށްލާށެވެ.
މިހާރު ވަރަށް ގިނަ ޒުވާން ބަތަލާއިންނަކީ މަސައްކަތް ކުރަން ފުރުސަތު ލިބޭ ނަވާޒުއްދީންގެ އެންމެ ފަހުގެ ފިލްމަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޓީކޫ ވެޑްސް ޝޭރޫ"އެވެ. މި ފިލްމްގައި އޭނާ މަސައްކަތް ކޮށްފައިވާ ޒުވާން ބަތަލާ އާއި މާ ގައިގޯޅި މަންޒަރުތަށް ހުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިއުން ވެސް ފިލްމް އަށް އަމާޒުވިއެވެ. ފިލްމް ޕްރިމީއާ ކުރީ މިދިއަ ހުކުރު ދުވަހުގައިއެވެ.
އަނެއް ކޮޅުން ސަނާ ވަނީ މިހާރު ބޮލީވުޑްއަށް ތައާރަފް ވެފައިއެވެ. އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ މެއި މަހު ގެނެސްދިން ސަލްމާން ޚާންގެ "ކިސީ ކާ ބާއީ، ކިސީ ކާ ޖާން" އެވެ.
ކޮމެންޓު ފޮނުވާ