ސާރާ އާއި މާމަ އެކުގައި ކުޅުނީ މަމާ އާތް ގެ އިޝްތިހާރެއް

ސާރާ އާއި މާމަ އެކުގައި ކުޅުނީ މަމާ އާތް ގެ އިޝްތިހާރެއް

Author
ފާތިމަތު ނާވީ
26 ޖޫން 2023 06:53
0

ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ ސާރާ އަލީ ހާން އާއި އޭނާގެ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް އާއި އެކުގައި ފެނިގެންދާ އިޝްތިހާރު ދައްކާލައިފި އެވެ.

މި އިޝްތިހާރަކީ އިންޑިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "މާމާ އާތު" ގެ ފިޔާ ޝޭމްޕޫ އިޝްތިހާރެކެވެ. ދާދި ފަހަކުން މި އިޝްތިހާރުގެ ޝޫޓިންގެ ގެތެރެއިން އެދެމީހުން އެކުގައި ނަގައިފައިވާ ފޮޓޯތަކެއް ސާރާ ވަނީ ހިއްސާކޮށްފައިއެވެ.

މީ ސާރާ އާއި އޭނާގެ މާމަ އެކުގައި ޕްރޮފެޝަނަލް ކޮށް ކުރި ފުރަތަމަ މަސައްކަތަކެވެ.  މިހާރު މި އިޝްތިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު ސާރާ އާއި މާމަގެ ގުޅުން ވަރަށްބޮޑަށް ދައްކުވައިދެއެވެ. މީ ދެމީހުންގެ ލޯބި ވަރަށް ރަނގަޅަށް ފެނިގެންދާ އިޝްތިހާރެކެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

"މާމާ އާތު" ގެ ފިޔާ ޝޭމްޕޫގެ އިޝްތިހާރުތަކެއް މީގެ ކުރިން މަންމަ އަދި ބަތަލާ އަމްރިތާ ސިންގްއާ ވެސް ސާރާ ކުޅެފައިވެ އެވެ. ސާރާގެ މާމަ ޝަރުމީލާ އަކީ ހިންދީ ސިނަމާގައި 1960 އާއި 1970 ގެ ތެރޭގައި އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. ސާރާ އެންމެ ފަހުން ފެނިގެންދިއައީ ބޮޑު ކާމިޔާބެއް ހޯދި ފިލްމް  "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.  މި މަހުގެ 2 ގައި ރިލީޒްކުރި މި ފިލްމް އަކީ ސާރާ އާއި އެކުގައި ވިކީ ކޯޝަލް ފެނިގެންދިއަ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.