ޖޭޕީގެ ށ. ދާއިރާގެ ރައީސާއި، ކެމްޕެއިން މެނޭޖަރު އެމްޑީޕީއަށް!

ޖޭޕީގެ ށ. ދާއިރާގެ ރައީސާއި، ކެމްޕެއިން މެނޭޖަރު އެމްޑީޕީއަށް!

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ށ. ދާއިރާގެ ރައީސާއި، ކެމްޕެއިން މެނޭޖަރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.

މިދެބޭފުޅުން އެމްޑީޕީއަށް ސޮއިކޮށް ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއިއެވެ. އެމްޑީޕީން ކުރި ޓުވީޓުގައި ބުނީ ޖުމްހޫރީ ޕާޓީގެ ށ. ދާއިރާގެ ރައީސް އަޙްމަދު މާހިރު އާއި ށ. އަތޮޅު ކެންޕެއިން މެނޭޖަރ ޝަފީޤް އެމްޑީޕީއަށް ސޮއި ކުރައްވާފައިވާކަމަށެވެ. އަދި އެމީހުންނަށް އެމްޑީޕީއަށް މަރުހަބާ ދަންނަވާކަމަށެވެ.

ރިޔާސީ އިންތިޚާބު ގާތްވަމުންދާއިރު، ޖޭޕީގެ ބައެއް ބޭފުޅުން ދަނީ އެމްޑީޕީއާއި ގުޅެމުންނެވެ. މިކަމާއި ގުޅިގެން ޤާސިމް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި ސަމީރަށް ވަރަށް ބޮޑަށް ނުރުހުންގެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.

ގާސިމް ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ޖޭޕީގެ މެމްބަރުންނަށް ގުޅާ، އެޕާޓީން މެމްބަރުން ވަކި ކުރުމަށް މަސައްކަތް ރެއާއި ދުވާލު ސަމީރު ގެންދަވަނީ ކުރައްވަމުންނެވެ.

އަޅުގަޑުމެންގެ އެސްޖީއަކަށް ހުންނެވި ސަމީރުގެ ރެއާދުވާލުގެ މަސައްކަތަކީ އަޅުގަޑުމެން ޕާޓީގަ ތިބޭ ތަންތަނުގަ ތިބޭ މީހުން، އެކި ބޭފުޅުންނަށް ފޯނު ކޮށްގެން، ކޮންވިންސް ކޮށްދީގެން އަބަދު ރައީސް އޮފީހަށް ގެންގޮސްގެން ބޮޑުގޮނޑި ދައްކައިގެން.. ބަލަ ތަންކޮޅެއް ލަދުހަޔާތް ކުޑަ ދޯ މިވަރު ދެން. ލަދެއް ހަޔާތެއް ހުންނަން ޖެހޭނެ ދޯ! ސަމީރެއް ކަމަކު، އަދި އެހެން މީހެއްކަމަކު. ދެން އެހިސާބަށް ދިޔައިމާ އަޅުގަޑު ދަންނަވާލީ، ދަންނަވާލަން ބޭނުންވަނީ ބޭފުޅުންނޭ މިއަދެއް ނޫނޭ އެކަނި އޮތީ. މާދަމާވެސް އެބައޮތޭ. އަޅުގަޑުމެންގެ ބުއްދިވެރި ވިސްނުންތެރިން ބުނަނީ ކާޅަކަށް ދުވަހެއް އޮތިއްޔާ ވާލަށްވެސް ދުވަހެއް އަންނާނެއޭ.

– ޤާސިމް ވިދާޅުވިއެވެ.

ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ އެބޭފުޅުން ވިސްނަމުންދަނީ ގޯސްކޮށް ކަމުގައެވެ. އަދި ހެޔޮކަމެއް ކޮށްދިން މީހަކަށް ތެޔޮ ހަމެއް ދެވިދާނެކަމަށާއި، އެހެންނަމަވެސް ތެޔޮހަން އަބަދު ނުދެވޭނެކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވީ ކަންކަން ކުރަންވާނީ "ތަންކޮޅެއް ތާހިރުކޮށް" ކަމުގައެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *