މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީންގެ ނެޓްވޯކެއް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީންގެ ނެޓްވޯކެއް ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2023 01:42
0

މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީ ނެޓްވޯކެއް ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަ ބިދޭސީންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެމީހުން ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އެމީހުންނަކީ އިމިގްރޭޝަން ގާނޫނާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަޔަކަށްވާއިރު، އެމީހުން ބަންދުކޮށްފައިވަނީ ކޯޓަށް ހާޒިރުނުވެ ފިލައިގެން އުޅުމުގެ އިހުތިމާލު އޮތުމުންނެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާގޮތުގައި، އެމީހުންގެ މައްޗަށް ތުހުމަތު ވުޖޫދުވާ ވަރަށް ހެކި ލިބިފައިވެއެވެ. އެގޮތުން އެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެއްޗާއި މަނާބޭސް ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރުމާއި، ގަވާއިދާ ޚިލާފަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ.

މި މައްސަލާގައި ހުށަހެޅިފައިވާ ފުުލުހެއްގެ ބަޔާނަށް ބަލާއިރު، އެމީހުން ތިބި ކޮޓަރިތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިއާއި ބޭސް ފެނިފައިވާއިރު، އެއީ މަސްތުވާއެއްޗެއް އެކުލެވޭ ބޭސްގުޅަތަކެއްކަމަށް މި މައްސަލައިގެ އައިއޯ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހްމަދް
ކޮބާ އަވަސް ކުރޭ އެމީހުން ސަލާމަތްކުރަން މުރުތައްދު ވަކީލުން ދުއްވައިގަނޭ