ބާސެލޯނާގެ ރައީސް ކަމަށް ކުރިމަތިލާން، އެ ކުލަބުގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ ނިންމައިފިއެވެ.
ކެނޑިޑޭސީ އިއުލާން ކުރުމަށް ވާހަކަ ދައްކަމުން ލަޕޯޓާ ވިދާޅުވީ ދުނިޔޭގެ އެއް ވަނަ އަށް ބާސެލޯނާ އަނބުރާ ގެންގޮސް ދޭނެ ކަމަށެވެ.ބާސާގެ ކެޕްޓަން ލިއޮނެލް މެސީގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަ ވާނެ އެވެ. ލަޕޯޓާ ވިދާޅުވީ ބޮޑު މުސާރައަކަށް މެސީ، މެންޗެސްޓާ ސިޓީއަށް ނުވަތަ ޕީއެސްޖީ ބަދަލު ވެދާނެ ކަމަށެވެ. އެހެން ނަމަވެސް މެސީ ކޮންޓްރެކްޓް އާ ކުރުމަށް ޝައުގުވެރި ވާނެ ފަދަ ހަރުދާނާ ޕްރޮޖެކްޓެއް ހުށަހަޅުއްވާނެ ކަމަށެވެ.
ލަޕޯޓާ ވިދާޅުވީ، ބާސެލޯނާ އާއި ޗެމްޕިއަންސް ލީގަކީ ކާމިޔާބު ވާހަކައެއް ކަމަށާއި އެހެންނަމަވެސް ޗެމްޕިއަންސް ލީގާއި ބާސެލޯނާ އާ މިހާރު އޮތް ގުޅުން ކެނޑިގެން ގޮސްފައިވާ ކަމަށެވެ. ލަޕޯޓާ މެއި މަހު ވިދާޅުވެފައި ވަނީ، ބާސެލޯނާގެ ރައީސް ކަމަށް އޭނާ އެނބުރި އަތުވެއްޖެނަމަ އެ ކުލަބުގެ ކޯޗް ކަމަށް އަލުން ޕެޕް ގާޑިއޯލާ ގެންނާނެ ކަމަށެވެ. ނަމަވެސް އޭނާ މިފަހަރު އެ ވާހަކައެއް ނުދައްކަވަ އެވެ. ގާޑިއޯލާ ވެސް ދާދި ފަހުން ބުނެފައި ވަނީ، ބާސލޯނާގައި އޭނާގެ ކެރިއާ މިހާރު ނިމިފައިވާ ކަމަށެވެ.
ބާސާގެ އިންތިހާބު އަންނަ މަހު 24 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓު ފޮނުވާ