ބާސެލޯނާއިން މޮޅުވެމުގެ ރެކޯޑް ދަމަހައްޓައިފި

ބާސެލޯނާއިން މޮޅުވެމުގެ ރެކޯޑް ދަމަހައްޓައިފި

ގުޅުންހުރި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ މޮޅުވެ މުބާރާތުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ ހަންގޭރީގެ ފްރެންކްކޮވަރީސްއާ ވާދަކޮށް 3-0 ލަނޑުންނެވެ. މެޗުގައި ބާސެލޯނާ އަށް ލަނޑުތައް ކާމިޔާބުކޮއްދިނީ އެންޓޮނީ ގްރީޒްމަން، މާޓިން ބްރެތުވެއިޓްގެ އިތުރުން އުސްމާނޭ ޑެމްބެލޭއެވެ. ރޭގެ މެޗުގައި  ބާސެލޯނާއިން ތިން ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ 33މިނިޓުގެ ތެރޭގައިއެވެ.

މިހާތަން މި އަހަރުގެ ސީޒަންގައި ޗެމްޕިއަންސް ލިގުގައި ހުރިހާނ މެޗަކުން މޮޅުވި ޓީމަކީ ބާސެލޯނާއެވެ. ބާސެލޯނާއި ވަނީ މިއަހަރުގެ މބާރާތުގައި މިހާތަނަށް 16 ލަނޑު ކާމިޔާބުކޮއްފައެވެ. މި ނަތީޖާއެކު ބާސެލޯނާ ގުރޫޕްގެ އެއްވަނައިގަ އޮތީ 15 ޕޮއިންޓާއެކުއެވެ. ޔުވެންޓަސް ދެވަނައިގަ 12 ޕޮއިންޓް ލިބޭއިރު ކިއޭވް އާއި ފްރެންކްވަރީސްއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *