ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ހޮނިހިރު ދުވަހު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ހޮނިހިރު ދުވަހު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Author
އަޒްފާ ރަޝީދު
21 ޖޫން 2023 09:14
0

ހުޅުމާލޭގެ ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ހޮނިހިރު ދުވަހު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރަމުން އަންނަ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، މިކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް 24 ޖޫން ވާ ހޮނިހުރު ދުވަހު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެ ދުވަހު ހިޔާ ޓަވަރު 1 އިން 8 އަށް ހެނދުނު 10:00 އިން 12:00 އަށް އަދި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.