ނަޝީދު އެމްޑީޕީން ވަކިވެއްޖެ

ނަޝީދު އެމްޑީޕީން ވަކިވެއްޖެ

Author
ހުސެއިން
21 ޖޫން 2023 01:52
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ވަކި ވެއްޖެއެވެ.

އެމްޑީޕީން ވަކިކޮށްދިނުމަށް އެދި ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާ އެމްޑީޕީގައި މިވަގުތު ހުރުން އެއީ އެންމެ ރަގަޅު ގޮތްކަމަށް ނުދެކޭތީ އެމްޑީޕީން ވަކިވާން ނިންމީ ކަމުގައެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ އެމްޑީޕީ ބައިބައިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ނަޝީދު އާ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމޮޝަނަށް ހުށަހަޅާފަ ވަނިކޮށެވެ.

މިގޮތުން ނަޝީދަށް ތާއީދުކޮށް، ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރަކުވެސް ވަނީ އެމްޑީޕީން ވަކިވެފައެވެ. އޭގެ އިތުރު 1 މެމްބަރަކު އެމްޑީޕީން ވަނީ ވަކި ކޮށްފައެވެ.

ދަ ޑިކޮކްރެޓްސް ޕާޓީން ބުނެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ވާދަކުރާނޭ ކަމުގައެވެ. ބެލެވޭ ގޮތުގައި އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
އަލްހަމުދު ލިއްލާހި ވަރަށް އުފާވެއްޖެ އ އޮޑިފައްތަށް ވެގެން އޮޑިހަލުވަ ހަލުވާ ފޫދުއްވާލަން މަސައްކަތް ކޮށް ގެންވެސް ނުފެތުނީމަ އޮޑިން ފުއްމާލީ ލައިފް ޖެކެޓް ގަނޑެއްވެސް ނެއް! ދެންދާނީ ﷲއިރާދަކުރެއްވިއްޔާ ފަތާފަ ނޫނީބެހިގެންވެސް މިރާއްޖެއާދުރަށް ﷲއަށްހަމްދުކުރަން!