ސާފް ޗެމްޕިއަންޝިޕު މިއަދު ފަށަނީ، ހުރިހާ މެޗެއް ދިވެހިންނަށް ފެންނާނެ

ސާފް ޗެމްޕިއަންޝިޕު މިއަދު ފަށަނީ، ހުރިހާ މެޗެއް ދިވެހިންނަށް ފެންނާނެ

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2023 08:37
0

އިންޑިއާގެ ބެންގަލޫރުގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕް ހުރިހާ މެޗެއް ދިވެހި ރައްޔިތުންނަށް ފެންނަ ގޮތް ވެއްޖެއެވެ.

މެޗުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީންނެވެ. މުބާރާތުގެ ހުރިހާ ރައިޓެސްއެއް ޕީއެސްއެމްއަށް ލިބިފަވާއިރު މުބާރާތުގެ މެޗުތަށް ޔެސްޓީވީން ގެނެސްދޭނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައީބީ) ގެ ހެޔޮއެދުންތަކާއެކުއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގެ ސާފް ސަރަހައްދުން ކުޅެވޭ ހަ ޤައުމުގެ އިތުރުން، ސަރަހައްދުން ބޭރުން ދެ ގައުމަކަށް ދައުވަތު ދީގެން، އަށް ޓީމުގެ މެދުގައި މުބާރާތް ބާއްވަން ވަނީ ނިންމާފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފޯމެޓް ރޭވިފައިވާ ގޮތުން މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، ޕާކިސްތާނާއި، ކުވެއިތުގެ އިތުރުން ނޭޕާލެވެ. އަދި ރާއްޖެ އާއެކު ގްރޫޕް ބީގައި ހިމެނެނީ ލުބުނާނާއި، ބޫޓާން އަދި ބަންގްލަދޭޝްއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދޔ މެންދުރުފަހު ތިނެއް ޖަހާއިރު ކުވެއިތު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.