އަޟްހާ ޢީދު ތެރޭގައި އައިޖީއެމްއެޗްގެ އޯޕީޑީ ތިން ދުވަހަށް ބަންދުވާނެ

އަޟްހާ ޢީދު ތެރޭގައި އައިޖީއެމްއެޗްގެ އޯޕީޑީ ތިން ދުވަހަށް ބަންދުވާނެ

Author
އަޒްފާ ރަޝީދު
20 ޖޫން 2023 08:40
0

މިއަހަރުގެ އަޟްހާ ޢީދާއި ދިމާކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީ ތިން ދުވަހަށް ބަންދުވާނެ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުން މިއަދު ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންގެ އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދްމަތްތައް ޖޫން މަހުގެ 24، 25، 26 އަދި ޖުލައި 1ގައި އެހެންދުވަސް ތަކެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

ނަމަވެސް އެހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންގެ އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދްމަތްތައް ޖޫން 27، 28 އަދި 29 ގައި ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗް އިން ބުނީ ކުރިށް އޮތް ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކެނޑިގެން ދިޔަނަމަވެސް، ޓްރައުމާ އެންޑް އިމަޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.