މިރޭވެސް ކޭކޭގައި ހަވާ އަރުވަނީ

މިރޭވެސް ކޭކޭގައި ހަވާ އަރުވަނީ

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2023 08:17
0

މިރޭ 10 ވަރަކަށް ސިކުންތަށް ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ހަވާ އެރުވުން ކުރިއަށްދާނެ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިރޭގެ 2200 ން 2330 އާއި ދެމެދުގެ ވަގުތެއްގައި ގާތްގަނޑަކަށް ކަޅުތުއްކަލާ ކޮށީގައި ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށެވެ.

މިރޭވެސް މަދު ވަގުތުކޮޅަކަށް ހަވާއަރުވާއިރު ރޭ އަދި އަދި އޭގެ ކުރީ ރޭގައިވެސް މަދު ވަގުތުކޮޅަކަށް ކަޅުތުއްކަލާ ކޮށީގައި ހަވާ އަރުވާފައިވެއެވެ.

ކުރީ ރޭގައި ހަވާ އެރުވީ ތަމްރީނެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ރޭގައި ހަވާ އެރުވީ ހަވާ އަރުވާ ތަކެތި ޓެސްޓް ކުރުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ. އެހެން ނަމަވެސް މިރޭ ހަވާ އަރުވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.