ޔުއެފާ ޗެމްޕިއަސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް އިން ޔުކްރެއިންގެ ޑައިނަމޯ ކިއޭވްގެ މައްޗަށް ކުރިހޯދައިފިއެވެ.
ޔުވެންޓަސް މެޗު ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. މެޗަށް ނުކުތް އިރުވެސް މުބާރާތުގެ ދެވަނަ ބުރު ޔަގީންކޮއްފަވާ ޔުވެންޓަސް އިން ލަނޑުތައް ޖެހީ ފެޑްރިކޯ ޗީސާ، އަލްވާރޯ މޮރާޓާގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ރޭގައި ޖެހި ލަނޑާއެކު އޭނާގެ ކެރިއަރުގެ މިހާތަނަށް ވަނީ 750 ލަނޑު ހަމަކޮށްފައެވެ. އެއީ ސްޕޯޓިން ލިސްބަން ޖަހައިދިން 5 ލަނޑާއި، މެންޗެސްޓައި ޔުނައިޓެޑަށް ޖަހައިދިން 118 ލަނޑާއި، މެޑްރިޑުގައި ޖެހި 450 ލަނޑާއި، ޔުވެންޓަސްގައ މިހާތަނަށް ޖެހި 75 ލަނޑުގެ އިތުރުން ޕޯޗުގަލް އަށް ޖަހައިދިން 102 ލެނޑެވެ.
އޭނާ ވަނީ މުބާރާތުގައި މިހާތަނަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުގެ ތެރެއިން 71 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ވާދަވެރި މެސީއަށް ވުރެ އެއްލަނޑު އިތުރު އަދަދެކެވެ. އެނާ ހޭދަކުރަމުންދާ 13 އަހަރުގެ ޗެމްޕިއަންސް ލީގުގެ ކެރިއަރުގައި މުބާރާތުގެ އޭނާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 2007 ވަނަ އަހަރު ނޮވެންބަރު މަހު ޔުކްރެއިންގެ ޑައިނަމޯ ކިއޭވްއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި އިންސްފާކުރީ ފްރާންސްގެ އަންހެން ރެފްރީއެއް ކަމަށްވާ ސްޓެފްނީ ފްރަފާޓްއެވެ. މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެ މުބާރާތުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީއެވެ.
ރޭގައި މި ގުރޫޕްގައި ބާސެލޯނާ ވަނީ ފްރެންކޮވަރީސް އަތުން މޮލުވެ މުބާރާތުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައެވެ. މި ނަތީޖާއެކު ބާސެލޯނާ ގުރޫޕްގެ އެއްވަނައިގަ އޮތީ 15 ޕޮއިންޓާއެކުއެވެ. ޔުވެންޓަސް ދެވަނައިގަ 12 ޕޮއިންޓް ލިބޭއިރު ކިއޭވް އާއި ފްރެންކްވަރީސްއަށް ލިބެނީ އެންމެ ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ