ޓެނިސް ފެޑެރޭޝަނުގެ "ކްލާސް ބީ" މެންބަރުކަން ރާއްޖެއަށް

ޓެނިސް ފެޑެރޭޝަނުގެ "ކްލާސް ބީ" މެންބަރުކަން ރާއްޖެއަށް

ގުޅުންހުރި

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ "ކްލާސް ބީ" މެންބަރުކަން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ލިބިއްޖެއެވެ.

"ކްލާސް ސީ" މެންބަރަކުން "ކްލާސް ބީ" މެންބަރަކަށް އަޕްގްރޭޑް ކުރުމަށް ފެނޭތޯ ނެގުނު ވޯޓުގެ 82 އިންސައްތަ ވޯޓު ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. އެހެންކަމުން ކައުންސިލު ތިންބައިކުޅަ ދެ ބައިގެ ވޯޓުލިބުމާއެކު އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުގެ މެންބަރުކަމުގެ ދަރަޖަ "ކްލާސް ބީ" އަށް ބަދަލުވެގެންދާނެއެވެ.

"ކްލާސް ބީ" މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ހަމަޖެހިގެންދިޔައީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވުނު އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 148 ގައުމުގެ ބޮޑު ތާއީދާއެކުއެވެ.

"ކްލާސް ބީ" މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ހަމަޖެއްސިއިރު، އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ "ކްލާސް ބީ" މެންބަރު ގައުމުތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ގަރާރު ހުށަހެޅުމާއި، އަހަރީ އާންމު ޖަލްސާގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ. އަދި އިންޓަނެޝަނަލް ޓެނިސް ފެޑެރޭޝަނުގެ އިތުރުން ސަރަޙައްދީ ޓެނިހުގެ ޖަމުޢިއްޔާގެ ކޮމިޓީތަކާއި ކޮމިޝަންތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ ދަރަޖަ މަތިވުމާއެކު ޓެނިސް ކޯޓުތައް ރާއްޖޭގެ ކަންކޮޅުތަކުގައި ތަރައްގީކުރުމަށް އެ އެސޯސިއޭޝަނުން ކުރާ މަސައްކަތަށް މަލީ އަދި ފަންނީ އެހީ އިތުރަށް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންނާއި އޮފިޝަލުންގެ ފެންވަރު މަތިކުރުމަށް އިތުރަށް އެހީ ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *