ގެއްލިގެން ހޯދަމުންދިޔަ އައްސަދު ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އައްސަދު ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2023 04:57
0

ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ އެ ރަށު ރަތްވިލާގެ އައްސަދު އަހުމަދެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައްސަދު ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ގެއަށް ގޮސްފައިވާ ކަމަށެވެ. އަދި އައްސަދުގެ ހާލު ރަނގަޅު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައްސަދު އާއިލާ އަށް ހަބަރު ނުވެ އުޅުނު ތަނެއް ސާފެއް ނޫނެވެ. އައްސަދު ގެއްލިގެން ވިލިނގިލީ ރައްޔިތުންނާއި ފުލުހުން އޭނާ ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރިއެވެ. ފޯނުން ލޮކޭޝަން ޓްރޭސްކޮށް ބަލަން ޖެހޭ ސަރަހައްދުތައް ވެސް ބެލިއެވެ.

އައްސަދު އަކީ އަމިއްލަ ފިހާރައަކާއި ކޮންސްޓްރަކްޝަންގެ ވިޔަފާރި ކުރަމުންދާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޕ ޕޮލި
ކަޅެބަޅާ ފެލެގެން އޮއްތާކު އޯފައި ބާއި ދާއި.
އ އިއްބެ
ދެދުވަހުންއެއްދުވަހުމީހަކުގެއްލިގެންޕޮލިހުގޮވާއެކަމަކުފެނުނީމައިއެގެއްލުނީކިހިނެއްވެގެންތޯރައްޔިތުންނަށްއެނގެންބޭނުންވޭޕޮލިހުންއެކަންނޭންގުމުންރައްޔިތުންތިބެނީބިރުވެރިކަމެއްގައި