އަރަމުން އަންނަ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ ވަރުގަދަ ނެށުން ތަކެއް ފެނިގެންދާ ލަވަ 'ތޫފާނީ އިޝްގް' ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
މި ލަވަ އަށް ބޮޑަ ސަމާލު ކަމެއް ލިބިގެން އަންނަ އިރުގައި ގިނަ ބަޔަކު ވަނީ މިހާރު މި ލަވަ ބަލައިފައިއެވެ. މި ލަވަ ސޯޝަލް މީޑިއާގައި ވަރަށް ބޯޑަށް ޕްރޮމޯޓް ކޮށްފައި ވެއެވެ.
ވަރުގަދަ ނެށުން ތަކެއް ފެނިގެންދާ މި ލަވަ އަކީ ވަރަށް ބޮޑަށް ބޮލީވުޑްގެ 'އައިޓަމް ސޯންގް' ގެ ރަހަ ހެޔޮވަރުކޮށްގެން ގެނެސްދީފައިވާ ލަވައެކެވެ. ލަވައިގެ ގިނ ަނެށުން ތަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮޕީ ކޮށްފައިކަމަށް ބެލެވެއެވެ. މި ލަވަ މި ވަނީ ޔޫޓީއުބަށް ދޫކޮށްލައިފައިއެވެ.
"ތޫފާނީ އިޝްގު" ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ. ލަވައިގެ މިއުޒިކް ބާޗީ ހެދި އިރު، ލަވައިގެ ޅެމާއި މެލޮޑީ ހެދީ އަޝްފާގެ ފިރިމީހާ މަޝްހޫރު މިއުޒިޝަން މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އެވެ. އާޝާއާ އެކީ ގިނަ ބެކް ޑާންސަރުންތަކެއް ވެސް ފެނިގެންދާ "ތޫފާނީ އިޝްގު" ޑައިރެކްޓްކޮށްފައި ވަނީ ފެޝަން ޑިޒައިނަރު/މޭކަޕް އާޓިސްޓް/އެކްޓަރު ސޭންޑީ އެވެ.
މީގެ ކުރިން ވެސް ބައް ވީޑިއޯ ލަވަތަކުން ފެނިފައިވާ ފިލްމީ ދާއިރާގައި ވިދަމުން، އޯޑިއަންސްގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އާޝާގެ އިތުރުން ފިލްމީ ތަރިން ކަމުގައިވާ، ޖުމައިހް، ރޯމަން، އީސާ، ޝަރަފް އަދި އަޒްމީލް ވެސް މި ލަވައިން ފެނެ އެވެ.
އާޝާ އަކި ވަރަށް އުންމީދީ ބަތަލާއެކެވެ. އަދި ހަމަ އެއާއި އެކުގައި އެހާމެ ބިޒީ ބަތަލާއެއް ވެސް މެއެވެ. އެގޮތުން އޭނާގެ ކުރިއަށް ހުރި ފިލްމް ތަކުގެ ތެރޭގައި ތެރޭގައި "ބަޅިނދު" އާއި "މީ އިޝްގު" ހިމެނެ އެވެ.