ސްކޫލް ލަވަ މުބާރާތް ފަށައިފި

ސްކޫލް ލަވަ މުބާރާތް ފަށައިފި

Author
ފާތިމަތު ނާވީ
17 ޖޫން 2023 05:14
0

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި މުބާރާތް ކަމަށްވާ އިންޓަ ސްކޫލް ލަވަ މުބާރާތް އިއްޔެ ފަށައިފިއެވެ.

މި މުބާރާތް ދައްކާނީ ޕީއެސްއެމް އިންނެވެ.  8 އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން މި މުބާރާތް ބާއްވާ އިރުގައި 32 ސްކޫލަކުން 273 ދަރިވަރުން ވާދަކުރާނެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މުބާރާތުގައ ދަރިވަރުން ލަވަތައް ހުށަހަޅައި ދޭނީ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. މުބާރާތުގެ ފިނާލޭ ގެނެސްދޭނީ މި މަހުގެ 24 ގަ އެވެ. މި ފަހަރު މުބާރާތުގެ ޖަޖުންނަކީ:

– ކާނަލް އަލީ މަނިކު (ދާރީ)

– އާދަމް ނަސީރު އިބްރާހިމް

– ޝިފާ ތައުފީގު

– މުހައްމަދު އާމިރު އަހުމަދު (ފަރެސް)

– މަރިޔަމް އުނޫޝާ

– މުހައްމަދު ސުހައިލް (ކޮޕްސް ބޭންޑް)

– ފާތިމަތު ފެޒްލީން (ޑިޓިއުން ބޭންޑް)

މިއަހަރު ސްކޫލް ކުދިންގެ ލަވަ މުބާރާތް ބާއްވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ އަދި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.

"އިންޓަ ސްކޫލް ލަވަ މުބާރާތް" އެންމެ ފުރަތަމަ ބޭއްވީ 1988 ގަ އެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައި ވަނީ 2015 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.