އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، އަދި ކުރީގެ ރައީސް ޔާމިން އަވަސް އިންސާފު ލިބުމަކީ މުހިންމު ކަމެއް ކަމުގައި، ކުރީގެ ހެލްތު މިނިސްޓަރ އަދި، ގާސިމް އިބުރާހިމްގެ ތަރުޖަމާން އަމީން ވިދާޅުވެއްޖެއެވެ.
މިރޭ ސަލްޓަން ޕާކުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ބޭއްވި ކެމްޕޭން އިންވެޓުގައި ވާހަކަ ދައްވަމުން އަމީން ވިދާޅުވީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގެ ވައުދުތައް ވަމުން ދިޔަނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ކަންބޮޑުވާ ހާލަތުގައި ކަމަށާއި، އިންތިޚާބަކަށް ތައްޔާރުވެފައި އޮތް ކަމުގައިވި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ބައެއް ކަންކަން ތަރުތީބުވާން ޖެހޭ ކަމުގައެވެ. އެގޮތުން ޖޭޕިއާއި ރަހުމަތްތެރިކަން އޮތް ޕާޓީތަކުން އެއް ސްޓޭޖެއްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ފާހަގަ ކުރައްވަމުން އަމީން ވިދާޅުވީ އެޕާޓީތަކާ އެކީގަ މިހާރު މިއޮތް ގުޅުން އެބަޖެހޭ މިއަށްވުރެ ރަގަޅު ގުޅުމަކަށް ބަދަލުވާން ޖެހޭ ކަމުގައެވެ.
ހަގީގަތުގަ އަޅުގަޑުމެން ސިޔާސީ ވާހަކަ ދެއްކިޔަސް، ވައުދުތައް ވީކަމުގަވިޔަސް، އިންތިޚާބު ކާމިޔާބު ކުރެވިގެން އަޅުމަޑުމެން މިކުރާ އުއްމީދުތައް، މިކުރާ ވައުދުތައް ރައްޔިތުންނަށްޓަކާ ހަގީގަތަކަށް ވެގެން ދާނީ. އެހެންވީމާ އަޅުގަޑު ގަބޫލުކުރާ ގޮތުގަ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް އަވަހަށް އިންސާފު ލިބުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ރަގަޅަށް ތަރުތީބުވުމަށް އަދި ކުރިޔަށް އޮތް 5 އަހަރަކީ ދިވެހިންނަށް ކާމިޔާބު 5 އަހަރަކަށް ވުމަށްޓަކާ ވަރަށް މުހިންމު ކަމެއް. އެހެންވީމަ އެކަމުގެ ޒިންމާދާރު ފަރާތްތަކުން އަވަސްމިނެއްގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް އިންސާފު ހޯދާ ދިނުން، ގޮތެއް ހޯދާދިނުމަކީ އެއީ މުހިންމު ކަމެއްކަމުގަ އަޅުގަޑު ދެކެކެން.
މިރޭ ސަލްޓަން ޕާކުގައި ކުރިޔަށްދިޔަ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ އެއާއެކީގަ، ރިޔާސީ އިންތިޚާބުގައި ދެން ވާދަކުރާ ޕާޓީތަކާއެކީގަ ޖޭޕީއަށް މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ނެރެވޭނެ ކަމަށާއި، އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫންކަމުގައެވެ. އޭގެ ސަބަބެއްކަމުގައި އަމީން ފާހަގަ ކުރެއްވީ ރާއްޖޭގެ ފާއިތުވި 3 ރިޔާސީ އިންތިޚާބުގަވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ ގާސިމް އިބުރާހިމް ނެރެދެއްވާފައި ވުމެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އޮންނާނީ ގާސިމް ހުނަންވާ ފަޅިއެއްގަ ކަމުގަވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެމްޑީޕީއަށް ފާއިތުވެދިޔަ ތަނުގައި ލިބުނު ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވެސް ހުންނެވީ ގާސިމް އިބުރާހިމް ކަމަށާއި، އެއީ އިންތިޚާބެއް ކާމިޔާބު ކޮށްދިނުންކަމުގައި ވިނަމަވެސް، އެއީ އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށްދިނުން ކަމުގަވިނަމަވެސް، އަދި އެބޭފުޅުން ސިޔާސީ ހަރަކާތްތަކަށް ދިރުން ގެނެސްދިނުން ކަމުގައިވިނަމަވެސް އެކަން ކޮށްދެއްވީ ގާސިމް އިބުރާހިމް ކަމުގައެވެ. އެހެންކަމުން ގާސިމްއާ ނުލާ އެއްވެސް އިންތިޚާބެއް ކާމިޔާބުކުރުން އެމްޑިޕީއަށް ފަސޭހަކަމަށް ވެގެން ނުދާނެކަމުގައިވެސް އަމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ