ގާސިމް އިބުރާހިމް އަތްލެވޭ ތަރައްގީ ރާއްޖޭގެ އުތުރާއި ދެކުނަށް ގެނެސް ދެއްވާނެ: އަމީން

ގާސިމް އިބުރާހިމް އަތްލެވޭ ތަރައްގީ ރާއްޖޭގެ އުތުރާއި ދެކުނަށް ގެނެސް ދެއްވާނެ: އަމީން

ގުޅުންހުރި

ގާސިމް އިބުރާހިމްގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާއި ދެކުނަކީ ތަރައްގީގެ ވަރަށް ވަރުގަދަ ހަބަކަށް ވެގެން ދާނެކަމަށާއި، އުތުރާއި ދެކުނުން ޚިދުމަތްތަކާއި ވަޒީފާތައް ހޯދުމަށް ރައްޔިތުން މާލެ އަންނަންޖެހިފައި އޮތް އޮތުމަށް ގާސިމް ނިމުން ގެނެސް ދެއްވާނެކަމުގައި، ކުރީގެ ހެލްތު މިނިސްޓަރ އަދި ގާސިމް އިބުރާހިމްގެ ތަރުމަޖަމާން އަމީން ވިދާޅުވެއްޖެއެވެ.

ގާސިމްގެ ކެމްޕޭން ޓީމުން އިންތިޒާމްކޮށްގެން މިރޭ ސަލްޓަން ޕާކުގައި ބޭއްވި ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ 2008 ވަނަ އަހަރުންފެށިގެން 3 ވަނަ ވެރިކަމެއް ފާއިތުކޮށް މިއަދު ރާއްޖެ އައިސްފަ މިއޮތް ހިސާބަށް ބަލާއިރު، ބުރިޖު އެޅިއްޖެ ކަމަށާއި، އުސް އިމާރާތްތައް ކޮށްފި ކަމަށާއި، ނަރުދަމާވެސް އެޅިއްޖެ ކަމަށާއި، ބަނދަރު ހެދިއްޖެ ކަމަށާއި، ހިލޭ ޑިގްރީއަށްވެސް އެބަ ކިޔެވޭ ކަމަށާއި، އެލަވަންސްތައް އިތުރުވެ މުސާރަތައްވެސް ބޮޑުވެއްޖެ ކަމަށާއި، ހިލޭ ބޭސްފަރުވާ އެބަ ކުރެވޭ ކަމަށާއި، އެހެންނަމަވެސް ހާސްކަމެއް ނުފިލާ ކަމުގައެވެ.

އެހެންނަމަވެސް ހާސްކަމެއް ނުފިލާ، ފިނިމަކަމެއް ނުލިބޭ، މަސްތުގެ ހާލަތުން އަރައެއް ނުގަނެވޭ. ކުށްމަދު މުޖުތަމައެއް ނުފެނޭ. ކުލުނުވެރި މުޖުތަމައަކަށް ނުދެވޭ. އެހެންވީމާ އަދި އަޅުގަޑުމެންނަށް މިދެވެނީ ރަގަޅު މަގުންކަމުގަ ދެންނެވޭކަށް ނެތް.

މިރޭ ކުރިޔަށްދިޔަ ޖުމުހޫރީ ޕާޓީގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިއަދު އަތުން ބީވެގެން މިދަނީ 3 ވަނަ ވެރިކަން ކަމަށާއި، އޭގެ ފަހުން 15 އަހަރު ވެގެންދިޔައިރުވެސް ހާސްކަން ފިލާ ނުދާނަމަ ދިވެހިންނަށް މި ތިބެވެނީ މީހެ 15 އަހަރު ކުރީގެ ހާލަތުގައި ކަމަށެވެ.

އަމީން ވިދާޅުވީ، ދިވެހިންނަށް ތައުލީ ލިބިގަތުމަށް އެންމެ ހާސްކަން ބޮޑުވި ދުވަސްވަރު ހާސްކަން ފިލުއްވާދެއްވީ ގާސިމް އިބުރާހިމް ކަމުގައެވެ. އަދި ބޭސްފަރުވާގެ ދަތިކަން އެންމެ ބޮޑަށް އޮތް ދުވަސްވަރު އެ ހާސްކަން ދިވެހިންނަށް ފިލުއްވާ ދެއްވީވެސް ގާސިމް އިބުރާހިމް ކަމަށާއި، ދަތުރުފަތުރުގެ ދަތިކަންވެސް އެންމެ ބޮޑުކޮށް އޮތް ދުވަސްވަރު އެ ހާސަކަންވެސް ދިވެހިންނަށް ފިލުއްވާ ދެއްވީ ގާސިމް އިބުރާހިމް ކަމަށާއި، އެހެންކަމުން ހާސް ކަނޑާލުމަށްފަހު ހަމެޖެހެން ގާސިމް ވިދާޅުވުމުން، ކަންކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަމާއި ކަށަވަރުކަން ލިބިގެންދާ ކަމުގައި އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވެފައިވަނީ ގާސިމްގެ ވެރިކަމެއްގައި ރާއްޖޭގެ ދެކުނުން ހުވަދޫ އަތޮޅު ފަތުރުވެރިކަމުގެ މައި ހަބަކަށް ހައްދަވާ ދެއްވުމުގެ އިތުރުން، ރާއްޖޭގެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމް ކޮށްދެއްވާނެކަމުގައެވެ.ތ

މިރޭ ބޭއްވުނު ގާސިމް އިބުރާހިމްގެ ކެމްޕޭން އިވެންޓުގައި ގާސިމްގެ ރިޔާސީ ކެޕްމޭގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އިސް ބައެއް ބޭފުޅުންވަނީ ވާހަކަ ދައްކަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މާޒީވެދިޔަ ދުވަސް ތަކުގައި ގާސިމު އިބުރާހީމު އަމިއްލަ މުއައްޒިފުން ކަމެއް ނުކޮއްދީހުރެފާ ވެރިކަމުގެ ދަހިވެތިކަމުގައި މީހުންގެލޮ ލުގައި އަދުން އަޅުވަން ތިކުޅޭ ޑުރާމާ ހުއްޓާލުން އެއީ މިގައުމަށާއި ރައްޔިތުންނައް ވެސް އެއްމެ ރަނގަޅުގޮތެއް ކަމައްފެނޭ މާލެޔާއި ހުޅުމާލެ ފޭސް2 ގައިހުރި ގާސިމުގެ ފިހާރަތަކައް ވުރެ އަގު ބޮޑު ފިހާރަތަކެއް ވެސް ނެއްކަމައް ގިނަރައްޔިތުން ގަބޫލު ކުރޭ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ