ފުވައްމުލަކު ސިޓީ ރިންގް ރޯޑުގެ މަސައްކަތް ނޮވެމްބަރަަށް ނިންމަނީ

ފުވައްމުލަކު ސިޓީ ރިންގް ރޯޑުގެ މަސައްކަތް ނޮވެމްބަރަަށް ނިންމަނީ

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2020 06:39
0

ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދާ ރިންގް ރޯޑް ތަރައްޤީކުރުމުގެ މަޝްރޫޢު ނޮވެމްބަރުމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވި ރިންގް ރޯޑުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، މިހާރުވެސް މަސައްކަތުގެ 83 އިންސައްތަ އެއްކޮށް ނިމިފައިވާކަމަށެވެ. އަދި ޕޭވިންގ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 41 އިންސައްތަ ނިމިފައިވާކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ފުވައްމުލަކު ރިންގް ރޯޑު ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗުމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ރިންގް ރޯޑު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހުއެވެ.

މި މަސައްކަތުގެ ދަށުން ފުވައްމުލަކު ނައިބުތުއްތު ހިނގުމުގެ 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، 144 ލެޑް މަގުބައްތި ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއްވެސް މި މަޝްރޫޢުގެ ދަށުން އިންސްޓޯލްކުރެވިގެންދާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 32.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.