އެކްޓްރެސް ނައޯމީ ވޮޓްސް، 54، އާއި އެކްޓަރު ބިލީ ކްރޫޑްއަޕް، 54، ކައިވެނިކޮށްފި އެވެ.
ހޮލީވުޑްގެ މަޝްހޫރު ދެތަރިން، މި އުފާވެރި ޚަބަރު އިއުލާންކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުންނެވެ. މި ފޮޓޯ ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި ޕޯސްޓްކުރި އިރުގައި ހުދުކުލައިގެ މިޑީއެއް ލައިގެން ބޮކޭ އެއް ހިފައިގެންނެވެ. ބިލީ ހުރީ ހުރީ ނޭވީ ބުލޫ ކުލައިގެ ކޯޓް ފަޓުލޫނެއް ގައިއެވެ.
މި ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓު ކުރުމާއި އެކުގައި ގިނަ ބަޔަކު ވަނީ މި ދެތަރިންނަށް މަރުހަބާ ކިޔައި ކޮމެންޓްކޮށްފައިއެވެ. އޭގެ ތެރޭގައި މަޝްހޫރު ތަރިންވެސް ހިމެނެއެވެ.
"ކިންގް ކޮންގް" އިން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ނައޯމީ އާއި "ދަ މޯނިން ޝޯ"ގެ އެކްޓަރު ބިލީ ކްރޫޑްއަޕް ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑުއެރީ 2017 ގައި އެކުގައި "ޖިޕްސީ" ސީރީޒް ކުޅުނު ދުވަސްވަރުގައިއެވެ. އެހެން ނަމަވެސް، އޭރު މި ދެ މީހުން އެ ޚަބަރު ތެދުކޮށްފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ