ސީޒަންގެ ސިންގަޅަ ފިލްމު "ކައުޝި" އަންނަ މަހު

ސީޒަންގެ ސިންގަޅަ ފިލްމު "ކައުޝި" އަންނަ މަހު

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ސިންގަޅަ ފިލްމު ”ކައުޝި“ އަންނަ މަހު ރިލީޒްކުރަން ނިންމައިފިއެވެ.

މަސައްކަތް ނިންމާފައި އޮންނަތާ ހައެއް އަހަރުވެފައިވާ މި ފިލްމު އަންނަ މަހުގެ 19 ގައި ރާއްޖޭގައި ޕްރީމިއާކުރުމަށް އަމާޒު ހިފައިފައިވާ އިރުގައި ސީޒަން ވަނީ އެފިލްމް ރިލީޒް ކުރާ ތާރީހް އާއި އެކުގައި ފިލްމް ގެ ފުރަތަމަ ޕޯސްޓަރު ދައްކައިލައިފައިއެވެ.

އިންސްޓަގްރާމްގައި ކޯށްފައިވާ މި ޕޯސްޓުގައި ފިލްމްގެ ލީޑުން ފެނިގެންދާ ތަރިންތަށް ފެނިގެންދެއެވެ. ”ކައުޝި“އަކީ އަވަށްޓެރި ލަންކާގެ ފިލްމީ ތަރިން ހިމަނައިގެން އެ ގައުމުގައި ޝޫޓްކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ. މި ފިލްމު ހަދާފައި ވަނީ ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނެއް ކަމަށްވާ އިބްރާހީމް ނިފާރު (ތިއްތި) ގެ ވާހަކައަކަށެވެ. ”ކައުޝި“ ކެމެރާކޮށްފައި ވަނީ ޝިވާޒް (މާސްކޭ)އެވެ.

 

View this post on Instagram

 

A post shared by Ali Seezan (@seaxanali)

މިދިޔަ މަހު އޮލިމްޕަހުގައި ޕްރީމިއާކުރި "ލޯބިވެވިއްޖެ" ގެ ޑައިރެކްޓަރު/އެކްޓަރުގެ "ކައުޝި" އަކީ ސްރީ ލަންކާގެ ތަރިން ހިމަނައިގެން އެ ގައުމުގައި ޝޫޓްކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ.

މި ފިލްމުގެ ލީޑް ތަރިންނަކީ އަމިލަ ކަރްނަނަޔަކަ އާއި ބިޔަންކާ އަމަރްސިންގްގެ އިތުރުން ރަންޖިކާ ރާޖަޕަކްޝާ އެވެ. މި ފިލްމް ރާއްޖޭގައި ޕްރިމިއާ ކުރަނީ ބަހުން ޑަބްކޮށްގެންނެވެ. ފިލްމް އަޅުވާނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *