ސްޓާ ކިޑުންތަކެއް ބޮލީވުޑް އަށް ތައާރަފްވާ ފިލްމް "ދަ އާޗީސް" ގެ އައު ޕޯސްޓަރު ތަކެއް ދައްކައިލައިފިއެވެ. ޒޯޔާ އަހުތަރު ޑައިރެކްޓް ކުރާ ފިލްމް އަކީ ގިން ސްޓާ ކިޑުން ތަކެއް ބޮލީވުޑް އަށް ތައާރަފް ކުރާނެ ފިލްމްއެކެވެ.
މި ފިލްމް އިން ޝާހުރުކް ހާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހާންއާއި، ބަތަލާ ސްރީދޭވީ އަދި ޖާންވީ ކަޕޫރު ގެ ކޮއްކޮ ހުޝީ ކަޕޫރުގެ އިތުރުން އަމިތާބް ބަަޗަން ގެ ކާފަދަރިފުޅޫ އަގަސްތިޔާ ނަންދާ ބޮލީވުޑްއަށް ތައާރަފް ވާނެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލި ވާހަކަ ނެޓްފްލިކްސް އިންޑިއާ އިން މިއަހަރުގެ ތެރޭގައި ސޯޝަލް މީޑިއާގައި ވަނީ ފޮޓޯތަކަކާ އެކު ހިއްސާކޮށްފައިވެ އެވެ. "ދި އާޗީސް" އަކީ ހުޅަނގުގެ ކޮމިކް ވާހަކަ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. އަނެއްކައިވެސް މިވަނީ އިތުރު ޕޯސްޓަރު ތަކެއް ދައްކައިލައިފައިއެވެ.
ޒޯޔާގެ ފިލްމު ކުންފުނި ޓައިގަ ބޭބީ އާއި ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ދި އާޗީސް" މި އަހަރު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ޒޯޔާ އެންމެ ފަހުން ގެނެސްދިނީ 2019 ގެ ފިލްމް "ގަލީ ބޯއި" އެވެ.
ކޮމެންޓު ފޮނުވާ