ސިޓީ ކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާއަށް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންފި

ސިޓީ ކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާއަށް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ދެވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވިމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި މިއަދު ހަވީރުގެ ފްލައިޓުން ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ އެކައުންސިލްގެ ދައުވަތަކަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 2 އަހަރު ފުރުމުގެ ގޮތުން ބާއްވާ ހަފްލާ ބޭއްވުމަށް ހަމެޖެހިފައިވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ 8:30 ގައެވެ. ނަޝީދު މިދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *