މާއުނގޫދޫ ބަނދަރު މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ އާ ހާބަރ ބޭސިން ފުންކުރުން: އެމްޓީސީސީ

މާއުނގޫދޫ ބަނދަރު މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ އާ ހާބަރ ބޭސިން ފުންކުރުން: އެމްޓީސީސީ

Author
އަޒްފާ ރަޝީދު
12 ޖޫން 2023 10:31
0

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބާރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 41 ޕަސެންޓް ނިންމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމާއި ބްލޮކް ޖެހުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށީގެ ކޮންކްރީޓް ކެޕިންގެ މަސައްކަތުގެ 27 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މާއުނގޫދޫ ބަނދަރުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 56.33 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން 59,013 ކިއުބިޓް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 3،245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 1،509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމެންޓް ހެދުމާއި ރޭޕްމު ހެދުމާއި ކޮންކުރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.