ފަޒުނާ ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއި އެކު ފިޔަވައްޗަށް

ފަޒުނާ ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއި އެކު ފިޔަވައްޗަށް

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2023 01:17
0

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އާއިއެކު. ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވައިފިއެވެ.

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުނާއި، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ފިޔަވައްޗަށް ކުރެއްވި މިޒިޔާރަތުގައި ވަނީ، ފިޔަވަތި ބައްލަވާލައްވައި، އެތާނގެ ކުޑަކުދީންގެ އާޓް ޑިސްޕްލޭތައް ބަލައްވާލައްވާފައެވެ.

މިވަގުތުވެސް ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން ގެންދާ 80 ކުޑަކުދިން އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.