ގާސިމްގެ ރިޔާސީ ވައުދު: 5 އަހަރު ތެރޭ ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން

ގާސިމްގެ ރިޔާސީ ވައުދު: 5 އަހަރު ތެރޭ ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން

ގުޅުންހުރި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ ކުރިޔަށް އޮތް 5 އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި މަދުވެގެން 100 މިލިއަނަރުން އުފައްދަވާނެކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވައުދުވެވަޑައިގެންވިއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވުނު، ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ޓިކެޓާއި ހަވާލުވުމަށްފަހު، ޕާޓީގެ މެމްބަރުންނާ މުޚާތަބްކޮށް ވާހަކައްދަވަމުން ގާސިމް އިބުރާހިމް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޖޭޕީގެ މެނިފެސްޓޯގެ މައިގަޑު އަސާސްތަކަށް އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

މިގޮތުން ޖުމުހޫރީ ފިކުރަށް ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ، ރައްޔިތުންގެ އުދާސްތަކަށް ހައްލު ހޯދާ ދެވޭނެވަރުގެ މެނިފެސްޓޯއެއް އެކުލަވާލައްވާފައިވާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ ޖޭޕީގެ މިފަހަރުގެ މެނިފެސްޓޯއަކީ ރައްޔިތުންގެ ދުޅަހެޔޮކަން ހޯދާ ދޭނެ މެނިފެސްޓޯއެއް ކަމުގައެވެ.

އަދި ގާސިމްވަނީ އެނާގެ ވެރިކަމުގައި ޒައްރެއްގެ މިންވަރުވެސް ރާއްޖޭގެ އިމުން ގެއްލިގެންދިޔަ ނުދެއްވާނެކަމުގައި ވިދާޅުވެފައެވެ. މިގޮތުން އިޓްލޮސްގެ ހުކުމުން ގެއްލިގެން ދިޔަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައި ހޯއްދެވުމަށް، ބައިނަލްއަގުވާމީ އެކްސްޕާޓުންގެ އެހީގައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

އޭގެ އިތުރަށްވެސް މެނިފެސްޓޯގެ ތަފްސީލުތަކަށް ވަޑައިގަންނަވަމުން ގާސިމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 3 އަހަރު ތެރޭ ދައުލަތުގެ ދަރަނި ޖީޑިޕީގެ ނިސްބަރުން 120 އިންސައްތައިން 90 އިންސައްތައަށް ދަށް ކޮށްދެއްވާނެ ކަމުގައެވެ. އަދި ދައުލަތުގެ ޚަރަދު ޖީޑީޕީގެ ނިސްބަރުން 30 އިންސައްތައަށް ދަށްކޮށް، އާމްދަނީ 30 އިންސައްތަ މަތިކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ގާސިމްވަނީ 5 އަހަރުގެ ދައުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20،000 ހައުސިން ޔުނިޓް އެޅުއްވުމަށާއި، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިޔާފްލެޓްގެ ހުރިހާ މައްސަލައެއް ހައްލުކޮށް ދެއްވުމުގެ އިތުރުން މަސްވެރިންނަށް ލުއި ލޯނު ހަމަޖައްސަވާ ދެއްވުމުގެ އިތުރުން ރާއްޖެއަށް ޑިޖިޓަލް ކަރަންސީ ތައާރަފް ކޮށް، އިލާމިކް ޓުއަރިޒަމްވެސް ރާއްޖެއަށް ތައާރަފް ކޮށްދެއްވާނެކަމަށްވެސް ވައުދުވެ ވަޑައިގެންފައެވެ.

މިރޭ ޖުމުހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ރިޔާސީ ޓިކެޓް ގާސިމްއާއި ހަވާލު ކޮށްދެއްވީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްއެވެ. މި ޖަލްސާގައިވަނީ ޖުމުހޫރީ ޕާޓީގެ ކެމްޕޭން ލަވައާއި އަދި ރިޔާސީ ކެމްޕޭންގެ ރަސްމީ ޝިއާރުވެސް އިއުލާން ކޮށްފައެވެ. ގާއިމްގެ މިއަހަރުގެ ރިޔާސީ ކެމްޕޭންގެ ޝިއާރަކަށް ހައްދަވާފައިވަނީ، "ހާސް ކަނޑާލާ، ހަމަޖެހޭނެ، ކުރިޔަށް ދިވެހި ގައުމު" މިޝިއާރެވެ. ރިޔާސީ ޓިކެޓާއި ހަވާލު ވުމަށްފަހު ގާސިމް އިބުރާހިމްވަނީ ޕާޓީގެ މެމްބަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ރާއްޖޭގެ ވެރިކަން މަބޭނުމެއްނޫން says:

    ތިއަބުނާ 100 މީހުންގެތެރޭ މަހިމަނައްޗެ

  2. ސާފުކޮށް ތިޔަބުނީދޯ 100މިލިއަންގެ ހިޔާނާތްވާނެ ވާހަކަ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ