ސިޔާސީ ހަމަޖެހުމަށް އިންތިޚާބުގެ ކުރިން ޔާމީންގެ މައްސަލަ ނިމެންޖެހޭ: ރިޔާޒު

ސިޔާސީ ހަމަޖެހުމަށް އިންތިޚާބުގެ ކުރިން ޔާމީންގެ މައްސަލަ ނިމެންޖެހޭ: ރިޔާޒު

Author
މުޙައްމަދު ޝަޒައިމް
09 ޖޫން 2023 11:38
0

ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ޖަލު ހުކުމުގެ ޝަރީއަތް ރިޔާސީ އިންތިޚާބުގެ ކުރިން ނިމެން ޖެހޭކަމުގައި އެމްއެންޕީގެ ނައިބް ރައީސް އަދިި ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގަިއ ވަނީ މިދިޔަ ބުދަ ދުވަހު ފަށާފައެވެ. ރައީސް ޔާމީންގެ ޝަރީއަތް ފެށި ދުވަހު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ވަނީ ކޯޓަށް ވަޑައިގެން އަޑު އެހުން ނިމެންދެން ކޯޓުގައި މަޑުކޮށްވެސް ކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ ރިޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ރާއްޖޭގެ ހަމަޖެހުމަށްޓަކައި ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުންނާއި، އަދި ސްޕްރީމް ކޯޓުގެ މަރުހަލާތަކުންވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ނިމެން ޖެހޭކަމަށެވެ.

ރައީސް ޔާމިނަކީ އިދިކޮޅު އެންމެބޮޑު ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމަށްވުމާއިއެކު އެމަނިކުފާނުގެ މައްސަލަތައް އިންތިޚާބުގެ ކުރިން ހައިކޯޓް އަދި ސުޕްރީމްކޯޓުން ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް މުހިންމުކަމެއް!

– ރިޔާޒު ވިދާޅުވިއެވެ.

ދަށުކޯޓުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިއްވި ހުކުމުގައި ރައީސް ޔާމީން ޖަލަށް ލުމުގެ އިތުރު ލޯންޑަރކުރި 52 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ. ދަށުކޯޓުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިއްވި ހުކުމުގައި ރައީސް ޔާމީން ޖަލަށް ލުމުގެ އިތުރު ލޯންޑަރކުރި 52 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

ވ. ޢާރަށުގެ މައްސަލައިގެ އިތުރުން ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފި ކުށުގައި ޔާމީންގެ މައްޗަށް ދައުވަ ކުރާ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލްކޯޓުގައި އަންނަނީ ހިނގަމުންނެވެ. މި މައްސަލާގައި ދައުލަތުން ކުރާ ދައުވާގައިވަނީ ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަގާ އެ ފައިސާ ސަން ސިޔާމްގެ 2 ކުންފުންޏެއް މެދުވެރިކޮށް ލޯންޑަރކޮށްފައިވާކަމަށެވެ.

ޢަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީން ޓިކެޓް ދީފައިވަނީ ޔާމީނަށެވެ. ޢެހެންނަމަވެސް މިހާރު ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށްވަނީ ހަނިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވައިސޫރި
ތިހާބޮޑަތިވައްކަންތަކެއްކުރީީ ކިހިނެއްތޯޯ އެންމެމީހަކުު އެނިމައިި އެކަނިި ހުރެލާފަަ ތިކިޔާވަރުގެެ ވައްކަންކޮލަންއެގޭނީީ ހާދަހާވިސްނުންތަނަވަސްވީމައޭދޯޯ އެނިމައިއެކަނިހައެބުރިލާާ އިރައްް ބިލިޔަނުންް ފައިސާއާކުޅެލެވޭނީީ ވަރައްތަންދޮރުފިލާާ މޮޅުމީހަކައްވާނީީ ދެންހަމަަ އެހެންއެއްވެސްް މީހަކުތިކަމުގަނުވާކަމައްވަންޏާާ ތީހާދަަ ބޮޑުޖޯކެއްދޯޯ ކޮބާތަަ ކަޅުދަބަސްތައްްގަަ ފައިސާގެންދަނިކޮއްް ބަސްޓްވީމީހާވެސްް ހަމަހުދުު އެފައިސާާ ގެންގުޅުންއޯކޭޭ ތިމަންނައައްް މަގާމުގެެ އުދަގުލެއްފޯރައިފީވިއްޔާާ މުޅިސަރުކާރުު ފޮށާބާލުވާލާނަމޭބުނީމާާ އެވެސްް ވަރައްސަޅިި މިއޮތީީ ބޮޑުއެތިކުޑައެތިކާލުންް އޯކޭވެއްޖެއްޔާާ ހަބޭސްް ވަގުތުބަދަލުވީމާާ އޯކޭވަންޏާވަރައްް ސަޅިި
A AThif k
Rayithuna bodu hiyaanaai ve e ku saabith ve jaluga hutas party ehge riyaasee candidate eh viyaa dhoo kolan jehey tho ehen viyaa thee joke eh dho... Rayithuna haraan koru vegen jaluga e othee ves dhen kohrayitheh ge haguga tho mi dhookuran jehenee.... Enmen ves jalun dhookolan v rayithunge haguga hama