"ގަޔަށް އަރަން" މުޢުނީ ފޮނުވި ކަމަށް ނަޝީދުގެ ތުހުމަތު ނިޔާއަށް!

"ގަޔަށް އަރަން" މުޢުނީ ފޮނުވި ކަމަށް ނަޝީދުގެ ތުހުމަތު ނިޔާއަށް!

Author
ހުސެއިން
06 ޖޫން 2023 12:26
0

ރައްޔިތުންގެ މަޖިލިހުބެ ތަޅުމުގައި ނަޝީދުގެ ގައިގަ ތަޅަން މުޢުނީ ފޮނުވިކަމުގެ ތުހުމަތު ނަޝީދު ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސާލިހުގެ ކޮއްކޮ އަލީ ނިޔާޒަށް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަަމް ޓުވީޓު ކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ނަޝީދު ރުޅިވެރިކަމާއެކު ވަޑައިގެން، މަޖިލިސް ކުޑައެއްގެ ދަށުގައި އިންނެވު ހުޅުމާލޭ މެމްބަރު އަލީ ނިޔާޒަށް އަތުން އިޝާރާތްކޮށް ވިދާޅުވިކަމަށް ވީޑިއޯއިން އަޑު އިވެނީ 'ކަލޭ މީހުން ނުފޮނުވައްޗޭ މަގޭ ގަޔަށް އަރަން" މި އިބާރާތެވެ.

މި ވިޑިއޯގައި ނަޝީދު ވިދާޅުވެފައިވަނީ މި އިބާރާތްކަމަށްވެސް ބައެއް މެމްބަރުން "ޚަބަރު އޮންލައިން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ނަޝީދު މެމްބަރު ނިޔާޒަށް ތުހުމަތު ކޮށް އިންޒާރު ދީފައިވާއިރު، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިއްޔެ މަޖިލީހުގައި ކުރިއަށްދިޔަ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާއިގައި ތަޅުމުގައި ކަންކަން ހިނގައިދިޔަ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދީ، ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

އެގޮތުން މަޖިލިސް ރައީސް ރިޔާސަތުން ފައިބައިގެން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމާއި މަޝްވަރާ ކުރެއްވުމަށް ވަޑައިގެންނެވި ވަގުތު މުޢުނީ ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި، ރައީސް ނަޝީދާއި ދިމާލަށް ވަޑައިގެން އިންޒާރުދީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ، މުޢުނީ ނަޝީދަށް އިންޒާރު ދޭ ވީޑިއޯއިން އިވޭ ގޮތުގައި، މުޢުނީ ނަޝީދަށް ނިސްބަތްކޮށް ވިދާޅުވެފައިވަނީ "ތަޅާލަން ޖެހޭ ހިސާބަށް ގޮސްފައި ތިހުރީ މިހާރު، ހޭބަލިވެފައޭ ތިހުރީ،" މިއިބާރާތެވެ.

އިއްޔެގެ ޖަލްސާގައި ކަންކަން ހިނގާދިޔާ ގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ރައީސަށް އިތުބާރު ނެތްކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް ނަޝީދު މިއަދުގެ ޖަލްސާގައި ޕާކް ކުރުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ނަޝީދަށް މުގާބޭއަށް ގޮވާ މަޖިލިސް ހުއްޓުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.