ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގަ، ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުވީ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއާއި ހަމައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް ވިދާޅުވީ ބަންޑާރަނައިބް މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި، މަޖިލީހާއި ހިއްސާ ކުރައްވާފައިވާ ވާހަތަކުގައި ދެކޮޅު ނުކުޖެހޭ ކަންތައްތަކެއް ހުރިކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއާއި މިކަމާއި ގުޅުމެއް ނެތްނަމަ އެސިޓީ ސިއްރުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. މިމައްސަލާގައި މިހާތަނަށް ހާމަވާން އޮތް ކަމަކީ އިން ވަކިކުރުމުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ވެފައިވަނީ ރައީސްގެ ސިޓީއާއި ހަމައިންކަމަށް އުޝާމް ވިދާޅުވިއެވެ.
ދެން ކީއްވެގެންތޯ އެހާވަރަކުން ތިޔަ ސިޓީއެއް ފޮރުވައިގެން ސަރުކާރުން މިއުޅެނީ؟ މިމައްސަލައާ ގުޅޭ ހުރިހާ ލިޔެކިއުމެއް މަޖިލީހާ ހިއްސާކޮށްފައިވާކަމަށް ބުނާއިރު، އެލިޔުންތަކުގެ ތެރޭގައި މިސިޓީއެއް ނެތް. އިންވަކިކުރުމުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުވީ ތިޔަ ސިޓީއާ ގުޅިގެން.
– އުޝާމް ވިދާޅުވިއެވެ.
މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބް ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީގައި ކަޅާއި ހުދުން ލިއުއްވާފައި އޮތްކަމަށެވެ.
އިޓްލޮސްގެ މައްސަލަ ސާބިތު ކުރުމަށް އިޓްލޮސްގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ރައީސް ފޮނުވި ސިޓީ ނުހިމެނޭކަން ފާހަގަ ކުރަން. ދެކުނުގެ އީއީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީގަ ކަޅާއި ހުދުން ލިޔެފަ އޮތްކަން ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން. ބަންޑާރަނަ ނައިބް ވިދާޅުވިއެވެ.
ބަންޑާރަ ނައިބްވަނީ ގާނޫނު އަސާސީ އާއި ޚިލާފްވެފައިވަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވާފައެވެ. އަދި ސަބަބު ބަޔާން ކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް ބަޔާން ކޮށްފައި ވާކަމަށް ވިދާޅުވަމުން ރިފްއަތު ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ މައްސަލާގައި ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް ވަކާލާތު ކުރެއްވި ގޮތާމެދު މަޖިލީހުގެ ރައީސްއާއި މަޖިލިހުގެ 13 މެމްބަރަކު ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބު ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ