ކުރީގެ ބަންޑާރަނައިބުން ދައްކަވާ ވާހަކަތައް ބިލާހަކަށް ވެއްޖެ: ރިއްފަތު

ކުރީގެ ބަންޑާރަނައިބުން ދައްކަވާ ވާހަކަތައް ބިލާހަކަށް ވެއްޖެ: ރިއްފަތު

Author
ހުސެއިން
05 ޖޫން 2023 01:04
0

ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި "އިކުއި ޑިސްޓޭންސް"ގެ އުސޫލުން ބެހުމަށް އިޓްލޮސްގެ ފަނޑިޔާރުން ކުރި ހުކުމް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބުން ދައްކަވާ ވާހަކަތައް ބިލާހަކަށް ވެއްޖެކަމަށާއި، އެކަން ކުރާނެގޮތެއް އެބޭފުޅުން ނުދައްކަވާ ކަމުގައި ދައުލަތުގެ ބަންޑާރަނައިބު އިބުރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހެޅިފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވަމުން ރިއްފަތު ވިދާޅުވީ ވިދާޅުވީ އެކަން ކުރާނީ ކިހިނެއްތޯ، ދާނީ ކިހިނެއްތޯ، އަދި މައްސަލަ ހުށަހަޅާނީ އަދި ރިއާޔަތް ކުރާނީ ކޮން ގާނޫނަކަށްތޯއާއި މިއިން އެއްވެސް ސުވާލަކަށް އެއިން އެއްވެސް ބޭފުޅެއްގެ ޖަވާބެއް ނެތްކަމުގައެވެ.

އިޓްލޮސްއިން ނިންމި މައްސަލަ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބުން ބުނުމަކީ ބިލާހަކަށް ވެއްޖެ ކަމެއް. އެކަން ކުރާނީ ކިހިނެއްތޯ، ކޮންތާކަށްތޯ ދާނީ، ކޮންތާކަށްތޯ މައްސަލަ ހުށަހަޅާނީ، ކޮން ގާނޫނަކަށްތޯ ރިއާޔަތް ކުރާނީ މިއިން އެއްވެސް ކަމަކަށް އެއިން ބޭފުޅެއްގެ ޖަވާބެއް ނެތް. އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރެވޭނެކަމަށް ބުނުމަކީ ގާނޫނީ މާހިރެއް ކީއްކުރަންތޯ ގާނޫނު ކިޔަވާ ކުއްޖަކުވެސް ދައްކާނެފަދަ ވާހަކައެއް ނޫން.

ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުވައްވަރުއާއި އާއިޝަތު އާޒިމާ ޝަކޫރު މިމައްސަލާގައި ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ރިއްފަތު މިއަދު މަޖިލީހަށް ޖަވާބުދާރީ ވަމުން ވިދާޅުވެފައި ވެއެވެ.

ރިއްފަތު އިތުރަށް ވިދާޅުވި ގޮތުގައި ރައީސްގެ ސިޓީއަކީ ދެކުނުގެ އީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީއެއްކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާގެ 22 އޮގަސްޓް 2022 ގައި ސޮއިކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކާއި ގުޅޭގޮތުން ދެކުނުގެ އީޒެޓްޑްގެ މައްސަލާއާއި ގުޅުވާ ދިވެހި ދައުލަތުން ކޮޅު ބަދަލު ކުރީކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް. ރައީސްގެ ސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީއެއް.

ރިއްފަތު ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވަމުން ރިއްފަތު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި "އިކުއި ޑިސްޓޭންސް"ގެ އުސޫލުން ބެހުމަށް އިޓްލޮސްގެ ފަނޑިޔާރުން ކުރި ހުކުމްގައި، މައްސަލަ ސާބިތުކުރުމަށް، މައްސަލައިގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެއްގެ ގޮތުގައި ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަރަބޯ އަހުމަސު
ކަލަެމެން ހުރިހާ އެންމެން ދެން އަތްޖަހާ! މި މުނާފިގުކަލޭގެ ތެދެއް ދެންނުހަދާނެ. އަދި ތިޔަސިޓީގެ އަސްލު ނުދައްކާނެ. މިސަރުކާ ވެއްޓުނީމާ އަހަރަމެން އިޓްލޮސްއުން ތިޔަސިޓީ ގެނެސް ރައްޔިތުންނަށް ހާމަކުރާނަން. އެދުވަހުން ގައުމަށް ގައްދާރުވީމާ ލިބޭ އަދަބު ތަންފީޒު ކޮށލާނަން އިރާދަކުރެއްވިއްޔާ