ބޭބެ މަރާލި ކޮއްކޮ ޝަރީއަތް ނިމެންދަން ބަންދު ކުރަން އަމުރުކޮށްފި

ބޭބެ މަރާލި ކޮއްކޮ ޝަރީއަތް ނިމެންދަން ބަންދު ކުރަން އަމުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ޖޫން 2023 04:10
0

ތޫނު އެއްޗަކުން ހަމަލާދީ ސ. މަރަދޫފޭދޫ، ބްލޫސްޓަރ، އަހުމަދު ޝުއައިބު މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އޭނާގެ ކޮއްކޮ ހުސެއިން މަވާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފިއެވެ.

މަވާޒް އިއްޔެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ހައްޔަރުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރީ މިއަދުއެވެ. ފުލުހުން ވިދާޅުވީ މަވާޒްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ވަނީ އަމުރު ކޮށްފައި ކަމަށެވެ.

މަވާޒް ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ މަރަދޫފޭދޫ، ބްލޫ ސްޓާ އަހްމަދު ޝުވައިބް (27 އ) އެވެ. ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 11:38 ހާއިރު ކަމަށެވެ.

ބޭބެ މަރާލުމަށްފަހު މަވާޒް އުޅުނީ ފިލައިގެންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ފުލުހުންނާ ހަވާލުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.