ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް 29 މިލިއަން ރުފިޔާއަށް އާރްޑީސީއަށް

ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް 29 މިލިއަން ރުފިޔާއަށް އާރްޑީސީއަށް

Author
އަޒްފާ ރަޝީދު
01 ޖޫން 2023 08:18
0

ހއ. ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް, ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 29،860،450.63 (ނަވާވީސް މިލިއަން އަށްލައްކަ ފަސްދޮޅަސްހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ، ފަސްދޮޅަސް ތިންލާރި)އަށެވެ.

ޑިޒައިން އެންޑް ބިލްޑް އޮފް ހއ. ފިއްލަދޫ ހާރބަރ ރޯޑް މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

މިމަޝްރޫއުގެ ދަށުން 1.1 ކިލޯމީޓަރުގެ މަގު ހެދުމާއި، މަގު މަގުބައްތިޖެހުން ހިމެނެއެވެ. އަދި މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.