ގެއްލުނު ދެމައިންގެ ހަބަރެއްވެއްޖެ، ހާލު ރަނގަޅު

ގެއްލުނު ދެމައިންގެ ހަބަރެއްވެއްޖެ، ހާލު ރަނގަޅު

Author
މުޙައްމަދު ޝަޒައިމް
31 މެއި 2023 04:20
0

ދެއަހަރުގެ ދަރިފުޅާއިއެކު ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކުރުމުން އެއަންހެން މީހާ އޭނާގެ އާއިލާއަށް ގުޅައިފިއެވެ.

ފުލުހުން މިއަދު ހެނދުނު ވިދާޅުވީ ފުލުހުން ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 29 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ. މީގެ އިރުކޮޅެއް ކުރިން ފުލުހުން ވިދާޅުވީ ޢާއިޝަތު އިޙްސާނާ އޭނާގެ އާއިލާއަށް މިއަދު ގުޅާފައިވާކަމާއި އޭނާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށް ބުނެފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ދިރިއުޅެމުން އައީ ހުޅުމާލޭގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޢާއިޝަތު އިޙްސާނާ މިވަގުތު ހުރީ ކޮންތަނެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް މީހުން ގެއްލޭ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ގިނަ މީހުން ހޯދަން ފުލުހުން އިއުލާން ކުރުމުން އަމިއްލައަށް އާއިލާ އަށް ޚަބަރު ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.