ސިޓީއަށް އެއްވަނަ ކަށަވަރު، ޕޯޓޯ އަނެއް ބުރަށް

ސިޓީއަށް އެއްވަނަ ކަށަވަރު، ޕޯޓޯ އަނެއް ބުރަށް

Author
އިބްރާހީމް ސާޢިދު
02 ޑިސެމްބަރ 2020 11:44
0

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް ސީގައި މެންޗެސްޓާ ސިޓީއާ އެއްވަރުކޮށް ޕޯޓޯ ވެސް ދެވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ރޭގެ މެޗްގައި ދެޓީމުން ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ނުޖެހެއެވެ. ސިޓީއަށް ރޭގެ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ވަނީ ކަށަވަރުވެފަ އެވެ. ފަސް މެޗުން ސިޓީ އަށް 13 ޕޮއިންޓް ލިބިފައިވާއިރު، ފަސް މެޗުން ޕޯޓޯ އަށް ހަމަކުރެވުނީ 10 ޕޮއިންޓެވެ.

ގްރޫޕްގެ ތިން ވަނައިގައި އޮތް އޮލިމްޕިއާކޯސް ރޭ ކުޅުނު މެޗުން ފްރާންސްގެ މާސޭ އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. ތިން ވަނާގައި އޮތް އޮލިމްޕިއާކޯސް އާއި ހަތަރު ވަނާގައި އޮތް މާސޭއަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.