އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ޕީސީބީން މެމްބަރަކު އައްޔަން ކޮށްފިއެވެ. މިގޮތުން އައްޔަން ކޮށްފައިވާ ފަރާތަކީ ސ.ފޭދޫ/މޫންލައިޓް ޝަޒްރާ ޝާކިރުއެވެ.
ޕީސީބީ އިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ބޯޑު ޑައިރެކްޓަރެއްގެ ގޮތުގައި ޝަޒްރާ ޝާކިރު އައްޔަންކުރުމަށްފަހު އާނާއާއި ލިޔުން ހަވާލު ކޮށްފައިވަނީ އިއްޔެއެވެ.
ޝަޒްރާ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ.
މީގެކުރިން އޭނާ އަދާ ކުރައްވާފައިވާ މަގާމްތަކުގެ ތެރޭގައި، ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކްގެ އެޗްއާރް ރެޕްރެޒެެންޓޭޓިވްގެ މަގާމުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އެޑްމިނިސްޓްރޭޝަން މެނޭޖަރުކަމުގެ މަގާމްވެސް ހިމެނެއެވެ. މިހާރު އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ބޯޑުގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، އައްޑު އެއަރޕޯޓު އިންޓަރނޭޝަލް ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންނެވެ.
އައްޑޫ އެއަރޕޯޓު ހިންގުމަށް 2011 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏަކީ އެއަރޕޯޓުގެ %50 ހިއްސާގެ އިތުރުން ކާސާ ހޯލްޑިންގެ %30 އާއި އެސްޓީއޯ އަދި އެމްއޭސީއެލްއިން ކޮންމެ ކުންފުންޏެއްގެވެސް %10 ހިއްސާ އޮންނަ ކުންފުންޏެކެވެ.
ކޮމެންޓު ފޮނުވާ