ލިވަޕޫލް ދެވަނަ ބުރަށް

ލިވަޕޫލް ދެވަނަ ބުރަށް

ގުޅުންހުރި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 1-0 އިން އަޔަކްސް ބަލިކޮށް މުބާރާތުގެ ދެވަނަބުރުން ފުރުސަތު ހޯދިއިފިއެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލު، ކީޕަރު އެލިސަން ބެކާ ނުލައި ކުޅުނު މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު ކޮއަމްހީން ކެލަހާ އެވެ. މެޗުގައި ލިވަޕޫލް މޮޅުކޮށްދިން ގޯލު ދެ ވަނަ ހާފުގައި ޖެހީ 19 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ.

އަޔަކްސް އަށް ގޯލު ޖަހައިދޭން ޑޭވިޑް ނެރޭސް ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ފަހު ވަގުތު ކްލާސް ޔާން ހަންޓެލާ ޖެހި ބޯޅަ ކީޕަރު ކެލަހާ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލަށް ލީޑުފުޅާކޮށްދޭން ރޮބާޓޯ ފިރްމީނޯ އާއި މުހައްމަދު ސަލާހަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ލިވަޕޫލުން ރޭގެ މޮޅާ އެކު ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ދެވަނަ ބުރުން ފުރުސަތު ހޯދީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނާގައި އޮތީ ރޭ ޑެންމާކުގެ މިޓްޔައެލަންޑާ 1-1 އިން އެއްވަރުކުރި އިޓަލީގެ އެޓްލަންޓާ އެވެ.

އެޓްލަންޓާއަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، އަޔަކްސް އަށް ފަސް މެޗުން ހަމަކުރެވުނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް މިޓްޔައެލަންޑް އަށް ފަސް މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ