ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫޢުގެ 62 އިންސައްތަ މަސައްކަތް ފުރިހަމަވެއްޖެ

ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫޢުގެ 62 އިންސައްތަ މަސައްކަތް ފުރިހަމަވެއްޖެ

Author
އަޒްފާ ރަޝީދު
29 މެއި 2023 09:21
0

ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫޢުގެ 62 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި، ބޭރު ތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތުގެ  54 އިންސައްތަ ނިމިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.  މީގެ އިތުރުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 64 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ.

މި މަޝްރޫޢުގެ ދަށުން، 9,346 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4,954 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 242 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ. މި މަޝްރޫއަކީ 33.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.