ސެވިއްޔާ އަތުން މެޑްރިޑް މޮޅުވެއްޖެ

ސެވިއްޔާ އަތުން މެޑްރިޑް މޮޅުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 މެއި 2023 10:48
0

ސްޕެނިޝް ލަލީގާގައި ބްރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރީގޯ ސެވިއްޔާ އަތުން ރެއާލް މެޑްރިޑް މޮޅުކޮށްދީފިއެވެ.

2-1 ން ސެވިއްޔާ އަތުން މޮޅުވި މެޗުގައި ރެއާލްގެ ދެ ލަނޑުވެސް ޖެހީ ރޮޑްރީގޯއެވެ. އޭނާ ދެ ލަނޑު ޖެހީ 29 ވަނަ މިނިޓާއި, 69 ވަނަ މިނިޓްގައެވެ. ފުރަތަމަ ލަނޑު ޖެހީ މޮޅު ހިލޭޖެހުމަކުންނެވެ. ދެވަނަ ލަނޑު ޖެހީ ކްރޫޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޭގެކުރިން މެޗު ފަށައިގެން ތިންވަނަ މިނިޓްގައި ރަފާ މިރު ސެވިއްޔާއަށް ލީޑް ނަގައިދިނެވެ.

އަދި ރެއާލްއިން ދެ ގޯލް ޖެހިފަހުން, މެޗުގައި ބާކީ ހަތް މިނިޓް އޮއްވާ ސެވިއްޔާގެ މާކޯސް އަކޫނާ ކުރިފައުލަކަށް އޭނާއަށް ރަތްކާޑް ދެއްކުމުން އެޓީމް މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާއެކުއެވެ. މިއީ ސީޒަންގައި އޭނާގެ ހަތަރުވަނަ ރަތްކާޑެވެ.

ސެވިއްޔާ އޮތީ ޔޫރަޕްގެ ޖާގައެއް ގެއްލޭ ހިސާބުގައި ތާވަލްގެ 10 ވަނާގައެވެ. ރެއާލް ދެވަނާގައި އޮތީ 77 ޕޮއިންޓާއެކުއެވެ. ދެޓީމަށްވެސް ބާކީ އޮތީ އެއް މެޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.