އަތޮޅު ތެރޭގެ ރަށްތަކުގެ ތެރައަށްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވާ ޚާއްސަކަމާއި، އަހައްމިަޔަތަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު، ޖޭފޯ ތަޢުރީފް ކުރައްވައިފިއެވެ.
މެމްބަރު ޖޭފޯ ވަނީ މިއަދު ނިލަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ. ސޮއި ކުރުމުގެ ކުރިން ނިލަންދޫ ރައްޔިތުންނާއިއެކު ރައީސް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭފޯ ވިދާޅުވީ އެއްވެސް ތަފާތެއް ނެތިި ރާއްޖޭގެ ހުރިޙާ ރަށަކަށް ތަރައްޤީ ގެނެސް ދެއްވުމަށް ރައީސް ދެއްވާ އަހައްމިޔަތަކީ ރައްޔިތުން ބަލައި ގަންނަ ކަމެއްކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ދެ ވަނަ އަށް އެންމެ އާބާދީ ކުޑަ ރަށަށް މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއްވެސް ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދެ އަތޮޅަށް ދެއްވާ އަހައްމިއްޔަތަށް ހަމަ ޝުކުރިއްޔާ.
– ޖޭފޯ ވިދާޅުވިއެވެ.
17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖޭފޯ ވަނީ ރައީސް ޞާލިހާއިއެކު މަސައްކަތް ކުރައްވާފައެވެ. ރައީސްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ޖޭފޯ ވިދާޅުވީ ނިލަންދޫގެ ފަޅުގައި ދެރަށް ހިއްކައި ރިސޯޓް ތަރައްޤީ ކުރެވެމުން އޭގެ މަންފާ މުޅި އަތޮޅަށް ކުރާނެކަމަށެވެ.
ނިލަންދޫގައި ގާއިމް ކުރަން މީގެ ކުރީ ސަރުކާރުން ވައުދުވި އެއާޕޯޓު ނޭޅުނު ނަމަވެސް އެއަށްވުރެ ބޮޑު ތަރައްގީއެއް މި ސަރުކާރުން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ޢަބްދުލްމްޙްސިން މިހާތަނަށް މަޖިލީހުގައި ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ޢަބްދުލްމުޙްސިން ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީއާއި ގުޅިވަޑައިގަތުމުން އެޕާޓީގެ ފަރާތުން މަޖިލީހުގައި ތަމްސީލްކުރައްވާ މެންބަރުންގެ ޢަދަދު ވަނީ 56 އަށް އިތުވެފައެވެ. ނިލަންދޫ ދާއިރާގެ މެންބަރު އެމް.ޑީ.ޕީއަށް ސޮއިކުރައްވާފައިވާއިރު، އެމަނިކުފާނުގެ އާއިލާގެ ގިނަ ބަޔަކުވެސް ވަނީ އެމް.ޑީ.ޕީއާއި ގުޅިފައެވެ.
ކޮމެންޓު ފޮނުވާ