ޕްރިޔަންކާގެ ކައިވެންޏަށް 2 އަހަރު: ފުރަތަމަ އެނިވާސަރީ ގައި ފަޅާއަރުވާލި ނިކްގެ ބޮޑު ސިއްރު ހަނދާން އެބަހުރިތަ؟

ޕްރިޔަންކާގެ ކައިވެންޏަށް 2 އަހަރު: ފުރަތަމަ އެނިވާސަރީ ގައި ފަޅާއަރުވާލި ނިކްގެ ބޮޑު ސިއްރު ހަނދާން އެބަހުރިތަ؟

Author
ފާތިމަތު ނާވީ
02 ޑިސެމްބަރ 2020 07:43
0

މިއަދަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑުގައިވެސް ފިޔަޖަހަމުންދާ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެންޏަށް 2 އަހަރުފުރޭ ދުވަހެވެ. މި ހާއްސަ ދުވަހު މިދެމަފިރިންގެ ގުޅުމާ ބެހޭގޮތުން އެދެމަފިރިން ދައްކާފައިވާ ވާހަކަތަކުގެ ހަނދާން އާކޮއްލުން ރަނގަޅުވާނެ ނޫންހެއްޔެވެ؟

ޕްރިޔަންކާ އަކީ ނިކްގެ ހަޔާތުގެ ބައިވެރިޔާކަން ޔަޤީންކުރުމަށް އޭނާ ޕްރިޔަންކާއާ 3 ފަހަރެއްގެ މަތިން ބައްދަލުކޮއްފައި ވެއެވެ. 3 ވަނަ ބައްދަލުވުމަށްފަހު ނިކް އޭނާގެ މަންމަ އަށް ގުޅާ ހަޔާތުގެ ބައިވެރިޔާ ލިބިއްޖެކަމުގެ ޚަބަރު ދިން ކަމަށް އޭނާ މީގެކުރިން ބުނެފައިވެއެވެ. އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވެ 1 އަދި 2 ޑިސެމްބަރުގައި ބޭއްވި ބޮޑު ދެ ހަފްލާއާއިއެކު ޕްރިޔަންކާއާއި ނިކްގެ ކައިވެނި ކުރެވުނެވެ.

ނިކަކީ ޕްރިޔަންކާ އާއި ބަލާއިރު އުމުރުގެ ގޮތުން ހަގު މީހެއް ނަމަވެސް މިކަމުން ދެމަފިރންގެ ގުޅުމަށް އަސަރު ނުކުރާކަމަށް އެ ދެމަފިރިންވެސް އެއްބަސްވެއެވެ. އެހެން ނަމަވެސް މިކައިވެންޏަށް 1 އަހަރު ފުރުމާއެކު އީޓީ އޮންލައިނުން ޕްރިޔަންކާއާ އޭރު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ ނިކަކީ ނިހާޔަތަށް "ސުވީޓް" މީހެއް ކަމަށެވެ. އެހެން ނަމަވެސް ނިދާ ކޮޓަރީގައި ގެންގުޅޭ އާދައެއްގެ ސަބަބުން ޕްރިޔަންކާއަށް ބައެއް ފަހަރަށް ހިތް ނުތަނަވަސްކަން ގެނުވާކަމަށް ވެސް މި އިންޓަވިއުގައި އޭނާ ބުނެފައިވެއެވެ.

އެއީ ކޮންކަމަކާ ގުޅިގެންތޯ ކުރި ސުވާލަށް ޖަވާބުދެމުން ޕްރިޔަންކާ ބުނެފައިވަނީ ހެނދުނު ހޭލާއިރު ނިކް އޭނާއަށް ބަލަން އިންނަކަމަށެވެ. އެއީ ކޮންމެ އަތްނބަކުވެސް ބޭނުންވާނެކަމެއް ކަން ފާހަގަކުރަމުން ޕްރިޔަންކާ ބުނެފައިވަނީ ނިކް އެގޮތަށް އަބަދު ކަންތައް ކުރާތީ ހިތް ނުތަނަވަސްވާކަމަށެވެ.

އަދި ބައެއްފަހަރު ތެދުވެ މޭކަޕްކޮއްގެން އަންނަންހޭވެސް ނިކާ ސުވާލުކުރާކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ. އަދި ޖަވާބުގައި މޫނުގެ ތާޒާކަން ކުރިއެކޭ އެއްފަދަކަމަށްބުނެ ހިނިތުންވާކަމަށް ޕްރިޔަންކާ އޭރު ބުނެފައިވެއެވެ. މިކަމުންވެސް ކޮންމެވެސް ވަރަކަށް އެދެމަފިރިންގެ އުފާވެރިދިރިއުޅުމުގެ ތަސައްވަރެއް ފެނިގެންދެއެވެ.

ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމް "ވީ ކޭން ބީ ހީރޯސް" 1 ޖެނުއަރީގައި ނެޓްފްލިކްސް އަށް އަންނާނެ އެވެ. ކުޑަކުދިންނަށް ހާއްސަ ފިލްމް ފިލްމަކީވެސް ޕްރިޔަންކާގެ ހޮލީވުޑް މަސައްކަތްތަކަށް އިތުރުވާ ބޮޅެކެވެ.  މިވަގުތުވެސް އޭނާ ހުރީ ފިލްމެއްގެ މަސައްކަތުގައި ޔޫކޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.