އާރްޑީސީ އިން ލޯފަން މީހުންންގެ ޖަމިއްޔާއަށް 150 ސްމާޓް ކޭން ހަދިޔާކޮށްފި

އާރްޑީސީ އިން ލޯފަން މީހުންންގެ ޖަމިއްޔާއަށް 150 ސްމާޓް ކޭން ހަދިޔާކޮށްފި

ގުޅުންހުރި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ލޯފަން މީހުންގެ ޖަމިއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް 150 "ސްމާޓް ކޭން" ހަދިޔާކޮށްފި އެވެ.

ލޯފަން މީހުންގެ ޖަމިއްޔާއަށް ސްމާޓް ކޭން ހަދިޔާކޮށްދެއްވީ އާރްޑީސީގެ މާކެޓިން މެނޭޖަރު އާދަމް ޝަމްއޫން އެވެ. މިރަސްމިއްޔާތުގައި ވަނީ ހެޔޮއެދޭ ފަރާތަކުން ދީފައިވާ 10 ކޭން ވެސް ޖަމިއްޔާއަށް ހަދިޔާކޮށްފަ އެވެ

ދިގުދަނޑިކޮޅެއް ގޮތަށް ހުންނަ ސްމާޓް ކޭން އަކީ ލޯފަން މީހުން ހިނގާބިގާވެ އުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭ ވަސީލަތެކެވެ. މިދަނޑިކޮޅު ޖައްސާފައި ހުންނަ ޕޮއިންޓުން ފެށިގެން ފަސް މީޓަރުގެ ސަރަހަދެއްގެ ތެރެއަށް އެއްޗެއް ވަދެއްޖެނަމަ ވައިބްރޭޓްވެ، އެ ބޭނުންކުރާ މީހާއަށް އެކަން އަންގައިދޭނެ އެވެ. އޭގެ ސަބަބުން ލޯފަން ކުއްޖަކު އެއްޗެއްގައި އަޅައިގަނެގެން ވެއްޓުން ނުވަތަ މަގުމަތީގައި ޕާކްކޮށްފައި ނުވަތަ ދުއްވާފައިދާ އުޅަނދެއްގެ ޖެހި ލިބިދާނެ އަނިޔާއަކުން ސަލާމަތްކޮށްދެ އެވެ.

ބީވީއައިއެސްއެމް އިން މީގެކުރިންވެސް ވަނީ އެ ޖަމިއްޔާގެ މެންބަރުންނަށް "ކޭން" ހަދިޔާކޮށްފަ އެވެ.

އާރްޑީސީ އިން ހަދިޔާކުރި 150 ސްމާޓް ކޭންގެ ތެރެއިން 90 ސްމާޓް ކޭން ހަދިޔާކުރުމަށް ނިންމާފައިވަނީ ބީވީއައިއެސްއެމްގެ މެންބަރުންނަށެވެ. އަނެއް 70 ސްމާޓް ކޭން ހަދިޔާކުރަން ނިންމާފައިވަނީ ސްމާޓް ކޭން ބޭނުންވެގެން ގުޅާ މީހުންނަށެވެ.

ސްމާޓް ކޭން ހޯދުމަށް7553755 ނަންބަރަށް ގުޅުމަށް ބީވީއައިއެސްއެމްއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ